އޭއައި ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާއި ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވައިފި

އޭއައި ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާއި ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވައިފި

އާޓިފިޝަލް އިންޓަރލިޖެންސް (އޭ.އައި) ޒަމާނުގައި އަންހެނުންގެ ލީޑަރޝިޕާ ބެހޭ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކްލިސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޗައިނާގައި ބޭއްވި ރައުންޑް ޓޭބަލް އޮން ވިމެންސް ލީޑަރޝިޕް އިން ދަ އޭޖް އޮފް އޭއައިގައި އެކަމަނާ ބައިވެރިވެވަޑައިނެވީ ޝަރަފުވެރި ޕެނަލިސްޓެއްގެ ހައިސިއްޔަތުންނެވެ.

18 އޮގަސްޓް 2024 ވީ އާދިއްތަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް) ދާއިރާތަކުގައި އަންހެންކުދިންނާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ދާއިރާތަކުގައި އަންހެނުންނާއި އަންހެންކުދިން ކުރިއެރުވުމަށާއި ބާރުވެރިކުރުމަށް އެކަށައެޅިދާނެ އިސްތިރާޖުތަކާއި(ލަނޑުދަނޑިއެއް ހާސިލުކުރުމަށް ކުރެވިދާނެކަންކަން) ފަހިކޮށްދެވިދާނެ ފުރުސަތުތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ. އެގޮތުން، މިފަދަ ގޮންޖެހުންތަށް ޙައްލުކުރުމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި، އެ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ބާރުވެރިކުރުވުމަށް ކުރެވިދާނެކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެއެވެ.

މީގެ އިތުރުން ޕެނަލްގައި ބައިވެރިވި ފަރާތްތަކުން ސްޓެމް ދާއިރާތަކުގައި އަންހެނުން ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސުނާއީ ވިސްނުން( އޭއައި) މާއި ޓެކްނޮލޮޖީން ކުރިއަރަމުންދާ ދުނިޔޭގައި އަންހެނުން އިސް ދައުރެއް އަދާކުރާކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެން އެކަށީގެންވާ އެހީތެރިކަމާއި، މަގުދެއްކުމާއި، އަދި ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

ޗައިނާއަށް މިހާރު މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އިން ދެއްވި ދަޢުވަތަކަށް ކުރައްވަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާ އަށް ފުރާވަޑައިގެންނެވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އަންނަނީ ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ޔުނިވާސިޓީތަކުން މަތީ ތަޢުލީމުގެ ފުރުސަތުތަށް ފަހިކޮއްދިނުމަށް އެކި ޤައުމުތަކުގެ އެންބަސީތަކާއި، ހައި ކޮމިޝަނުތަކާއި ޔުނިވާސިޓީތަކުގެ އިތުރުން އެހެނިހެން މުއައްސާސާތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026