ކުރީގެ ރައީސް ނަޝީދު މަސައްކަތްކުރެއްވީ އެމްޑީޕީ ރޫޅާލައި އަމިއްލަ ބާރުވެރިކަން ހޯދުމަށްކަމަށް ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ އެމްޑީޕީ ރޫޅާލުމަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި، އެމަނިކުފާނު އިސްކަންދެއްވީ ޕާޓީއަށްވުރެ ބޮޑަށް އަމިއްލަ ބާރުވެރިކަމަށް ކަމަށް ސްޓޭޓް މިނިސްޓަރު އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިއްދީޤު ވިދާޅުވީ، ކިތަންމެ ވަރަކަށް ފިތުނަވެރިކަން އުފައްދަން މަސައްކަތް ކުރި ނަމަވެސް، ސިޔާސީ ޕާޓީތައް ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް މިންވަރަކުން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު މައްސަލަތަކާއި، ޕާޓީން މީހުން ވަކިވެގެންދާން ޖެހުނު އަސްލު ސަބަބަކީ ރައީސް ނަޝީދު ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ސިއްދީޤު ފާހަގަކުރެއްވި ގޮތުގައި، 2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީއަށް އޮތް ލޯބި ބޭނުންކުރައްވައިގެން ރައީސް ނަޝީދު ވަނީ އޭގެ ނާޖާއިޒު ފައިދާ ނަންގަވާފައެވެ. ޕާޓީ ރޫޅާލައި، އެތެރޭގައި ހިތްނުތަނަވަސްކަމާއި "ޑިފެކްޝަން" ނުވަތަ ބައިބައިވުން އުފެއްދެވީ ރައީސް ނަޝީދު ކަމަށާއި، އެއީ ހަމައެކަނި އަމިއްލަ ބާރުވެރިކަމަށްޓަކައި ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއްލަ ބާރުވެރިކަމަށްޓަކައި ޕާޓީއަށް ނޫން، ޕާޓީގެ މެމްބަރުންނަށް ވެސް ނޫން، އަމިއްލަ 'މަވެތިކަން' އިސްކުރައްވައިގެން ރައީސް ނަޝީދު މަސައްކަތް ކުރެއްވީ. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ އެމްޑީޕީގެ މެމްބަރުން ޕާޓީއާ ދުރުވުން،

ސިއްދީޤު.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގަތީ، އެމްޑީޕީގެ ތެރޭގައި އޮތް މިފަދަ މައްސަލަތަކުގެ ސަބަބުން އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް ވެސް ޕީއެންސީއަށް ވޯޓު ދިނުމުންކަން އޭނާ ފާހަގަކުރެއްވިއެވެ. އިންސާފާއި، އަދުލުވެރިކަމާއި، އޯގާތެރިކަން އޮތީ ހަމައެކަނި ޕާޓީގެ ނަމުގައި ނޫންކަން ރައްޔިތުންނަށް މިއަދު ސާފުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއައްސަސާތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ސިއްދީޤު ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކަކީ ޤާނޫނުއަސާސީން ވަކިވަކިން ބަޔާންކޮށްފައިވާ، މިނިވަންކަމާއެކު ހިންގަންޖެހޭ ތަންތަން ކަމަށެވެ. އެ މުއައްސަސާތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ އިޖުރާއަތްތައް ޤާނޫނުގައި ސާފުކޮށް އޮތްއިރު، މުއައްސަސާތަކުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026