އެމްޓީސީސީ
އެމްޓީސީސީ

އާރު.ޓީ.އެލް ފެރީގެ ޚިދުމަތް ރަނގަޅު، އެކަމަކު ދަތުރުކުރާ މަގުތައް މުރާޖާކުރަންޖެހޭ.

ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން އެމް.ޓީ.ސީ.ސީ އާއި ޙަވާލުކުރައްވައިގެން ކުރިއަށްގެންދަވާ ''އާރް.ޓީ.އެލް ފެރީ'' ގެ ޚިދުމަތް ހއ. އަތޮޅުގައި ދެއްވަން ފެއްޓެވުމުން ރައްޔިތުން ނުހަނު ބޮޑަށް އުފާކޮށް ޝުކުރުވެރިކަމާއެކު ޚިދުމަތް ބަލައިގަނެއެވެ. ހއ. އަތޮޅަކީ ގުދުރަތީ ގޮތުން ދެ ބަޔަކަށް ބައިވެފައި އޮތް ރާއްޖޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅެވެ. މި އަތޮޅުގެ ވެރިކަންކުރާ ރަށް ދިއްދޫ އޮންނަނީ އަތޮޅުގެ ދަށްބިތުގައެވެ. އިރެއްގައި އަތޮޅުގެ އެހެން ހުރިހާ ރަށަކުން ދިއްދޫއަށް ބަރޯސާވެފައި އޮތް މިންވަރަށް މިއަދު ބަރޯސާވާކަށް ނުޖެހެއެވެ. ކުރިން ޞިއްޙީ ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ދާންޖެހޭއިރު، މުވައްޒަފުންގެ މުސާރަކޮޅާއި ބަޖެޓް ފައިސާކޮޅު ނަގަން ދާންޖެހެނީވެސް ދިއްދޫއަށެވެ. ކަމާކަންފަށައި ވިޔަފާރިކަމުގައި ދިއްދޫއަށް ދާންނުޖެހުނަސް ހޮސްޕިޓަލަށް ނޫނީ ބޭންކަށް ދާ ދަތުރުތަކުގައި އަންނަނީ ހިސާބަކަށް ވިޔަފާރި ކޮށްގެންނެވެ. ކުރިން ދެންނެވިހެން އަތޮޅު ވެރިކަންކުރާ ރަށަށް ދާންޖެހޭލެއް މަދުވެއްޖެއެވެ. މައިގަނޑު ސަބަބަކީ އެންމެ ފުރިހަމަ ރަހަތަކާއެކު ނޫނަސް ޒަރޫރީ ބައެއް ޚިދުމަތްތައް އަތޮޅުގެ ހުރިހާ ރަށަކުން ލިބޭތީއެވެ.

ހއ. އަތޮޅުގައި ދިއްދޫ ނަގާފައި ދެންއެންމެ އާބާދީ ބޮޑު ދެރަށް ކަމުގައިވާ އިހަވަންދޫ އަދި ހޯރަފުށި އޮންނަނީ އަތޮޅުގެ މަތިބިތް ނޫނީ އިހަވަންދިއްޕޮޅުގައެވެ. މިހިސާބުން އިސްޕީޑް ލޯންޗެއްގައި ދިއްދޫއަށް ދާން އަވަސްވެގެން ތިރީސް މިނިޓް ނަގާނެއެވެ. ދޯންޏެއްގައި ދަތުރުކޮށްލަން ދޮޅުގަޑިއިރާއި ގާތަށް ހޭދަވާނެއެވެ. އިހަވަންދޫއަކީ ރަށުގައި ގިނަބަޔަކު ދިރިއުޅޭ އަދި ވިޔަފާރީގެ ގޮތުން ވަރަށް ފާހަގަކުރެވޭ ރަށެކެވެ. ހއ. އަތޮޅާއި ހދ. އަތޮޅުގެ ގިނަ ރަށްރަށުން ވިޔަފާރި ބޭނުމަށް ގިނަ ބަޔަކު އިހަވަންދޫއަށް ޒިޔާރަތްކުރެއެވެ. މިހާރު ބޭންކްގެ ޚިދުމަތާއި ކުޑަކުދީންގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތްވެސް އިހަވަންދޫ އިން ލިބެއެވެ. މަސްވެރީންނަށް ބޭނުންވާ ތެލާއި އައިސްވެސް ލިބެންހުރެއެވެ. ހޯރަފުށްޓަކީވެސް އާބާދީގެ ގޮތުން ކުޑަ ރަށެއްނޫނެވެ. ލަފާފުރުމަށް ހިތްފަސޭހަ ބަނދަރެއް އޮތް ހޯރަފުށިންވެސް ގިނަ ޚިދުމަތްތަކެއް އަންނަނީ ލިބެމުންނެވެ. މިގޮތުން 1987 ވަނަ އަހަރުން ފެށިގެން ހިންގާ އެސްޓީއޯ ފިހާރައެއް ހުރެއެވެ. މި ފިހާރައިން ޢިމާރާތްކުރުމަށް ބޭނުންވާ މައިގަނޑު ތަކެއްޗާއި، އިލެކްޓްރިކާއި އިލެކްޓްރޯނިކް ސާމާނުގެ އިތުރަށް ކާބޯތަކެތީގެ ބައެއް ބާވަތްތަކާއި އަދި  ގޭތެރޭގެ ސާމާނުވެސް ލިބެންހުރެއެވެ. އާންމު ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބޭންކްގެ ޚިދުމަތާއި އަންހެނުންގެ  ޚާއްޞަ ޑޮކްޓަރުގެ ޚިދުމަތް ލިބެއެވެ. މިފަހުން ލިބެންފެށި އައިސް ޕްލާންޓްގެ ޚިދުމަތާއި ކުރިންސުރެ ކުރާ ތެލޮގެ ވިޔަފާރިވެސް ފާހަގަކުރެވެއެވެ. އަދި މިހާރު އެދަނީ އަމިއްލަ ފަރާތަކުން ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖައްސަމުންނެވެ. އަތޮޅުގެ ގިނަ ރައްޔިތުންނަށް ހޯރަފުށި މިހާރު މުހިއްމުވާ ސަބަބަކީ އެއަރޕޯޓެއް އޮތުމެވެ. މި ޚިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މުހިއްމު ޚިދުމަތެކެވެ.

އެމްޓީސީސީ
އެމްޓީސީސީ އާރް.ޓީ.އެލް ފެރީ

އާރް.ޓީ.އެލް ފެރީގެ ވާހަކަ ދެކެވޭ ކޮންމެ ހިނދެއްގައި ޚާއްޞަކޮށް ދެ ރަށެއްގެ ނަން ހަނދާނަށް އާދެއެވެ. އެއީ އަތޮޅުގެ މެދުތެރޭގައި އެހެންނަމަވެސް ގައްލަންދޫ އެތެރެވަރީގައި އޮންނަ ތަކަންދޫއާއި މާރަންދޫއެވެ. ފެރީގެ ޚިދުމަތް ފެއްޓެވީންސުރެ އެ ދެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް އޮވެއެވެ. އެއީ، މިހާރު އިހަވަންދޫން ފުރައިގެން ހޯރަފުށިން ސީދާ ކުޅުދުއްފުއްޓަށް ހުސްވާ ފެރީ ލޯންޗް، ދަތުރުކުރާ މަގުމަތީގައި އެ ދެ ރަށަށްވެސް މަޑުކޮށްފައި މީހުން ނަގައިގެން ކުޅުދުއްފުއްޓަށް ދިއުމެވެ. ކޮންމެ ދުވަހަކު ނޫނަސް ރައްޔިތުންނަށް އެންމެ ރަނގަޅެވެ. މި ބަދަލު ގެނެސްދެއްވުމަށް ތަކަންދޫއާއި މާރާންދޫގެ ރައްޔިތުން އާދޭސްކުރައްވަނީ ސަބަބުތަކެއް އޮތީމައެވެ. އެއް ސަބަބަކީ ކުޅުދުއްފުއްޓަށް ކުރާ ދަތުރު ކުރުވުމެވެ. އެންމެ މުހިންމު ސަބަބަކީ ބޮޑު ޚަރަދު ކޮށްގެން ހަނިމާދޫ މަގުން މާލެ ނުގޮސް، ކުޑަ ޚަރަދަކުން ހޯރަފުށްޓަށް އައިސް އެ ރަށުގެ އެއާޕޯޓުން މާލެ ދަތުރުކުރުމެވެ.

މިދެންނެވި ސަބަބުތަކަށް ރިޢާޔަތްކުރާއިރު ސަރުކާރުގެ ހައިސްޕީޑް ފެރީގެ ޚިދުމަތް ތަރުތީބުކުރައްވަންވާނީ ދިއްދޫއާއި، އިހަވަންދޫ އަދި ހޯރަފުށި ހިމެނޭހެން މި މަންޒިލްތަކަށް ހުސްވާ ގޮތަށެވެ. އެކަމަކު، ހުރިހާ ރޫޓްތަކުން ދަތުރުކުރާ ލާންޗްފަހަރު ގޮސް ނިންމާ އަދި މަޑުކޮށްގެން އޮންނަ ހަމައެކަނި ރަށަކީ ދިއްދޫއަށް ވުމަކީ އެންމެ އިންސާފުވެރި ހަމަޖެހޭ ގޮތެއްނޫނެވެ. މުޅި އަތޮޅުގެ ރައްޔިތުންނަށް ހުރިހާ ގޮތަކުން އެންމެ ލުއިފަސޭހަވާނީ މުހިއްމު ގިނަ ޚިދުމަތްތައް ލިބެންހުންނަ ރަށްރަށުގައި ފެރީ ލާންޗްތައް ބަނދަރުކުރާގޮތަށް ހަމަޖެހިފައި އޮވެގެންނެވެ. މިހާރުވެސް މިސަރަޙައްދުގައި ދުއްވާ އެމް.ޓީ.ސީ.ސީގެ ފެރީ ދޯނިތަކަށްވެސް މި ފަދަ އުޞޫލެއް އޮތުން ހަމަ މުހިއްމެވެ. އުއްމީދުކުރަނީ މި ޚިޔާލުން ކިޔުންތެރީންނާއި، ހއ. އަތޮޅުގެ ލޮބުވެތި ރައްޔިތުންގެ ވިންދާއި އިޙްސާސްތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ގެނުވާނެކަމަށެވެ. އަދި ރައްޔިތުންވެސް މިފަދަ ކަންކަމުގައި އިތުރަށް ވިސްނާވަޑައިގަންނަވާނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026