މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި

މާލެ ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދައިފި

ހ ހަޅަ
ޚަބަރު 30 Aug 2024

ލ.ގަމުން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް ގެއްލުނު އަކިރިސް ނަމަކަށްކިޔާ ބޯޓު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން ހޯދައިފިއެވެ.

އޮގަސްޓް 29 ވަނަ ދުވަހުގެ ފަތިހު، ހަ ފަޅުވެރިން ހިމެނޭހެން 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އޮގަސްޓް 29 ވަނަ ދުވަހުގެ 19:10 ހާއިރެވެ. ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ދެ ދިވެހީންނާއި 12 ބިދޭސީން ހިމެނޭއިރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް މާފަތް އިން މި ބޯޓު ހޯދާފައިވަނީ މިއަދު 08:50 ހާއިރު، މ.ރަތްމަންދޫގެ އިރުން 22 ނޯޓިކަލް މޭލު ބޭރުން، އިންޖީނު ހުއްޓިފައިވަނިކޮށެވެ.

މި ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026