2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު މިއަހަރު 66 ބޭފުޅަކަށް އެރުވުމަށް ނިންމަވައިފި

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

މި އިނާމު އެރުވުމަށް ނިންމާފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދަވައި، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ކޮމިޓީން އެ މައުލޫމާތު ދިރާސާކޮށް، ޝަރުޠު ފުރިހަމަވި ބޭފުޅުންނެވެ. އިނާމަށް ހޮވުނު ބޭފުޅުންނާ ކޮމިޓީން ވަނީ ބައްދަލުކުރައްވައި އިންޓަވިއު ކުރައްވާފައެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށްޓެވި ފަހުން، ވަކި މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވަމުންނެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ނަންފުޅުތައް ފޮނުއްވުމާ ގުޅިގެން، އެ ބޭފުޅުންނަށް މިހާރު ވަނީ އިނާމު އަރުވައިފައެވެ.

މީގެ އިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ޢާންމުކޮށް ހުޅުއްވައިލެއްވި ފުރުޞަތުގައި ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 130 ފޯމު ހުށަހަޅާފައިވެއެވެ. މި ފޯމުތައް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

މި އިނާމަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފުވެރި އިނާމެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026