ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް

އެމްއެމްޕީއާރުސީ ޚިޔާނާތް: ބައްސާމްގެ މައްޗަށް އިތުރު ދައުވާކުރަނީ

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން 29،000 އެމެރިކާ ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމް އަދީލް ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް 29،000 ޑޮލަރު (ގާތްގަނޑަކަށް 447,180 ރުފިޔާ) ޖަމާކޮށްފައިވާ މައްސަލައެކެވެ. މި ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަމަލުތައް ހިނގަމުންދިޔަ ދުވަސްވަރުގައެވެ.

ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގަށް ފަހު، ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުވާކުރުމަށް ވަނީ ނިންމާފައެވެ. އޭސީސީން ބުނީ، އެސްއޯއެފްގެ އެކައުންޓުން ބައްސާމްގެ އެކައުންޓަށް ޖަމާވި މި ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

ބައްސާމްގެ މައްޗަށް މިހާރުވެސް އެފްއޭއެމްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމުގެ އެހެން މައްސަލަތަކެއްގައި ކޯޓުގައި ދައުވާތަކެއް އުފުލިފައިވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އަމިއްލަ ކަންކަމަށް ބޭނުންކުރި ކަމުގެ ތުހުމަތުތައް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ މައްސަލައަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައަށްވާއިރު، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަކީ މި ސަރުކާރުންނާއި ކަމާބެހޭ މުއައްސަސާތަކުން އިސްކަންދޭ ކަމެކެވެ. މި މައްސަލައިގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމާ ގުޅިގެން، ބައްސާމްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލުމާ މެދު ގޮތެއް ނިންމާނީ އެ އޮފީހުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026