ޕްރޮސެކިއުޓަރ ޖެނެރަލް، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލާ ރަސްމީ މަޝްވަރާތައް ބާއްވަވައި، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފި

ހ ހަޅަ
ޚަބަރު 15 Sep 2026

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް (ރިޓަޔަރޑް ޖަސްޓިސް)، ޗައިނާގެ ޕްރޮސެކިއުޓަރ ޖެނެރަލް މިސްޓަރ ޔިންގް ޔޮންގްއާ އެކު ރަސްމީ މަޝްވަރާތައް ބެއިޖިންގްގައި ހުންނަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް (އެސް.ޕީ.ޕީ) ގައި ބާއްވަވައިފިއެވެ.

މި މަޝްވަރާތަކުގައި ދެ ޤައުމުގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލުންނާއި، ދެ އޮފީހުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި، ޕްރޮސެކިއުޝަންގެ ދާއިރާގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ވަނީ އެސް.ޕީ.ޕީ އަދި ޕީ.ޖީ އޮފީހުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ދެ އޮފީހުގެ މެދުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލުން ވަނީ 'އެގްރީމަންޓް އޮން ކޯޕަރޭޝަން ބިޓްވީން ދަ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރޭޓަރޭޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް' ގައި ސޮއިކުރައްވާފައެވެ. މި އެއްބަސްވުމަކީ މޭ 2017 ގައި ދެ އޮފީހުގެ ދެމެދުގައި ސޮއިކުރެވުނު އެއްބާރުލުމުގެ އެއްބަސްވުން އައުކޮށް، އޭގެ ބަދަލުގައި ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ޕްރޮސެކިއުޓަރުން ޕްރޮފެޝަނަލް ދިރާސާތަކާއި ތަމްރީނުތަކަށް ފޮނުވުމަށާއި، ދެ އޮފީހުން އެއްބަސްވާ އެހެނިހެން ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮނިގަނޑެއް އެކުލަވާލެވިފައިވެއެވެ.

މީގެއިތުރުން، މި އެއްބަސްވުމުގެ ދަށުން ބަދަލުކުރެވޭ ސިއްރު މަޢުލޫމާތުތައް ރައްކާތެރިކުރުމަށްވެސް މަގުފަހިކޮށްދެއެވެ. މި އެއްބަސްވުމަކީ އެސް.ޕީ.ޕީ އަދި ޕީ.ޖީ އޮފީހުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ޢަމަލީ ގޮތުން އެއްބާރުލުން ދިނުމާއި، ފަންނީ ހުނަރު އިތުރުކުރުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރު

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)އާރްސީސީ( އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމާއި ވަށާ ފާރުގެ މަސައްކަތެވެ.
ޚަބަރު 15 Sep 2026
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ޑޮލަރުގެ ރޭޓު ދަށްވަމުން އެބަދޭ: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ފަރާތްތަކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.
ޚަބަރު 15 Sep 2026
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި އަސާސީ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސް އެންމެ އިސްކަން ދެއްވާ އެއް ކަންތައް: މިނިސްޓަރ ސަޢީދު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެންމެ އަސާސީ ތިން ބާވަތް ކަމަށްވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގިނަ އައު އައިޓަމްތަކެއް ސަރުކާރުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެސްޓީއޯ މެދުވެރިކޮށް އެ ތަކެތި ރާއްޖެ ގެނެސް، ހޯލްސޭލަރުންނަށް ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު 15 Sep 2026
ދިވެހިރާއްޖެއިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ސަރބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަރބިއާ ގެ ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ސަފީރު އާމިނަތު ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސަރބިއާ ގެ ރައީސް އަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އިން ސަރބިއާ އަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ޤައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް އަރުވާފައިވެއެވެ.
ޚަބަރު 15 Sep 2026