މާފަންނު ކާނިމާގޭގައި ހިނގި އަލިފާނުގެ ހާދިސާއެއް އެމްއެންޑީއެފުން ނިއްވާލައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 28 May 2026

މާލޭ މާފަންނު ކާނިމާގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން، ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ ހަވީރު 17:27 ހާއިރުއެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އޮތް ގޮދަނޑިއެއްގައެވެ.

މި ހާދިސާއާ ގުޅިގެން ދުމުގެ އަސަރުކޮށްގެންނާއި އެކި ސަބަބުތަކާ ހުރެ ޖުމްލަ 4 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ޗީފް އިންސްޕެކްޓަރ ސާމިހު އަނެއްކާވެސް ހޮމިސައިޑް ޔުނިޓުގެ އިސްވެރިޔަކަށް އައްޔަންކޮށްފި
ޗީފް އިންސްޕެކްޓަރ ސާމިހު އަނެއްކާވެސް ހޮމިސައިޑް ޔުނިޓުގެ އިސްވެރިޔަކަށް އައްޔަންކޮށްފި
ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، މަރުގެ މައްސަލަތައް ތަހުގީގުކުރާ ހޮމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އެންމެ އިސްވެރިޔާގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު އަލުން އައްޔަންކޮށްފިއެވެ.
ޚަބަރު 13 Jul 2026
ސަރުކާރުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ: މިނިސްޓަރ މުއްތަލިބު
ސަރުކާރުގެ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ: މިނިސްޓަރ މުއްތަލިބު
ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ މެދާ ހަމައަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jul 2026
ޤަޠަރުގެ ކުރީގެ އަމީރު، ހިޒްހައިނަސް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް، އެއް ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމުގެ ހިތާމައިގައި، 2026ޖުލައި 13 ވާ ހޯމަ ދުވަހުގެ މެންދުރު 12:00އިން ފެށިގެން 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް، (އެއް ދުވަސް ވަންދެން) ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ޚަބަރު 13 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޤަތަރަށް ފުރާވަޑައިގެންފި
ޤަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ޚަބަރު 13 Jul 2026