ގދ.ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކޮށްފި

ގދ.ތިނަދޫގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކޮށްފި

ގދ. ތިނަދޫ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ގދ. ތިނަދޫގައި ޤާއިމުކުރެވިފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ފަހުމުނާމާގައި ސޮއި ކޮށްފިއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، އޮނަރަބަލް ޠާރިޤު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރ ސަޢުދު ޢަލީއެވެ.

ފެން ހިންދާ ނިޒާމެއް ތިނަދޫގައި ޤާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުމަށް ސަރުކާރުން ކުރިއަށް ގެންދެވުނު މުހިއްމު މަޝްރޫޢެއްކަން މިނިސްޓަރ ޠާރިޤު ވަނީ ފާހަގަ ކުރައްވާފައެވެ.

މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤު ވިދާޅުވެފައިވަނީ ގދ.ތިނަދޫ އަކީ ޒަމާނުންސުރެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަމާއި، މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނާއި، ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މަޝްރޫޢުން އާއްމުންނަށް ލިބިގެންދާނެ ފަސޭހަކަތަކަށް އަލިއަޅުވާލައްވާފައެވެ.

ގދ.ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި ޕްރޮޖެކްޓްގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕވޓ ލޓޑ އިންނެވެ.

މި ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕވޓ ލޓޑ އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ޖުމްލަ އަގަކީ 48,333,211.77 (ސާޅީސްއަށް މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ދުއިސައްތަ އެގާރަ ރުފިޔާ ހަތްދިހަ ހަތް ލާރި) ރުފިޔާއެވެ.

ގދ.ތިނަދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 5,262.81m މީޓަރުގެ އަކުއަ ސެލް (aqua cell) ނެޓްވޯކް އަކާއި 9,562.36m މީޓަރުގެ (HDPE) އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026