ރައީސް ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ޕީއެންސީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ޕީއެންސީ

ދީނީ އަގުތަކާއި ގައުމިއްޔަތު ދިފާއުކުރުމަށް ރައީސް މުޢިއްޒު ގޮވާލައްވައިފި

ގައުމުގެ ކަންކަން އިޚްލާސްތެރިކަމާއެކު ކުރިއަށްގެންދާއިރު އެންމެ ފުރަތަމަ އިސްކުރަންޖެހޭނީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމުގެ ގޮތުން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ޕާޓީ އުފެދުނީއްސުރެ އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ރާއްޖޭގައި އިސްލާމީ ކަންކަން ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް މި ގައުމަކީ ފުރިހަމަ އިސްލާމީ ގައުމެއްގެ ގޮތުގައި ވާސިލްކޮށްދިނުމަށެވެ. އަދި މިއީ މިއަދު ދިވެހި ކޮންމެ ރައްޔިތަކުވެސް ފުންކޮށް ވިސްނަންޖެހޭ ސީރިއަސް މައްސަލައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަލްސާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، މާޒީގައި ސިޔާސީ އޮއިވަރުގައި ޖެހިގެން ރައްޔިތުން ނިންމި ބައެއް ނިންމުންތަކުގެ ސަބަބުން މި މުހިންމު އަސާސްތަކަށް ހިޔަނި އެޅި، ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ. އެހެންކަމުން، މިއަދު ކޮންމެ ރައްޔިތަކުވެސް ޒިންމާދާރުކަމާއެކު ގައުމު އިސްކުރަންޖެހޭ ކަމަށާއި، ގައުމު އެންމެ ފުރަތަމައަށް އިސްކުރާނަމަ ޕީއެންސީން ގެންގުޅޭ ސިޔާސަތުތަކާ މެދު އެއްވެސް މީހަކު ދެބަސްނުވާނެ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ބަޔާންކުރެއްވި ގޮތުގައި، ޕީއެންސީގެ ފަރާތުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ގެންގުޅޭ ފަލްސަފާއަކީވެސް މިއީއެވެ.

މީގެ އިތުރުން، ރާއްޖޭގެ ވެރިކަން ހިންގުމަށް މީގެ ކުރިން ބައެއް ފަރާތްތަކުން ފަނާކުރަނިވި ފިކުރުތަކެއް ތައާރަފްކުރަން މަސައްކަތްކުރިކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، 23 ޑިސެމްބަރު 2011 ގައި ދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން ނުކުމެ ކުރި މުޒާހަރާ އަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނެ ކަމެއް ނޫން ކަމަށެވެ. އޭރުގެ ސިޔާސީ ވެރިން މަސްތުވުމާއި ރަލުގެ ހުއްދަތަކަށް ބާރުއަޅައި، "ހުރިހާ އެންމެން އަބަދަކު ހަމަބުއްދީގައި ތިބޭކަށް ނުޖެހޭ" ކަމަށް ބުނެ ވަކާލާތު ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއަދުގެ ޒުވާނުން ބިނާކުރުމުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިސްލާމީ ރާސްތާއާ އެއްގޮތަށް، ދީނީ އަގުތަކުގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމަށް ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026