ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ - ރައީސް

ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޢިލްމުވެރިކަމަކީ، ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފޮތަކުން ދަސްވާ އެއްޗެއް އެ ދަސްވަނީ އޭގެ އެންމެ ފުން މިނުގައިކަމަށް ނުވެދާނެ ކަމަށެވެ. އަދި އެ ކަމަށް އެ ނޫން އެތައް ޢިލްމެއްގެ އެހީ ބޭނުންވެދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އުމުރުން ދޮށީވުމާއި، އެތައް ތަޖުރިބާއެއް ބޭނުންވެދާނެ ކަމަށާއި، އަދި އެ ޢިލްމު ބަޔަކަށް ފޯރުވައިދިނުމުގައި ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ޙާލަތާއި ހިންގަން ނުޖެހޭ ޙާލަތު ހުންނާނެ ކަމަށެވެ. ތިމާގެ ދުލާއި ގަލަން ހިންގަން ޖެހޭ ގޮތާއި ހިންގަން ނުޖެހޭ ގޮތްވެސް ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަން އަންނަނީ ޙިކްމަތުގެ ތެރެއިން ޙިކްމަތްތެރިކަމާއެކު. ދީނަކީ މަޞްލަޙަތު. ދީން އައީ އިންސާނީ ކަރާމާތް ނަގަހައްޓާން. އިންސާނާ ހެޔޮގޮތުގައި ބަލަހައްޓާން. އިންސާނީ މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ހިފަހައްޓާން. ސުލްޙަވެރިކަމާއި އަމާންކަން ދަމަހައްޓާން. އެހެންވީމާ، ޒުވާން ޚަޠީބުން މި ކަންކަމަށް ފަރުވާތެރިވާނެކަމުގެ ޔަޤީންކަން އަޅުގަނޑު ހިތުގައި ވަރަށް ބޮޑަށް އާކުރަން.

ރައީސް ވިދާޅުވީ ޚަޠީބުންނަކީ މީހުންނަށް މަގުދައްކައިދޭބައެއް ކަމަށެވެ. އެހެންވީމާ، އެމަނިކުފާނުގެ އުންމީދަކީ، މިއަދު މި ފެންނަ ޒުވާން ޚަޠީބުންގެ ސަފުތައް މުސްތަޤުބަލުގައި ރާއްޖޭގެ ޢިލްމުވެރީންނަށްވުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު އެދެނީ، ޒުވާން ޚަޠީބުންނަކީ، މާދަމާ ރާއްޖޭގެ ވިސްނުންތެރީންނަށްވެ ޒުވާން ޚަޠީބުންނަކީ، މާދަމާ ރާއްޖޭގެ ޙިކްމަތްތެރީންނަށްވެ އަދި ކުޅަދާނަ ބަސްމޮށުންތެރީންނަށްވުން ކަމަށެވެ. އަދި މުޖުތަމަޢުގެ ސިކުނޑި އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ތިޔަކުދީންގެ ޒުވާންކަމުގެ އުޖާލާ ދޯދިތައް އިންތިހާއަށް މުހިންމުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026