މެޑަމް ސާޖިދާ
މެޑަމް ސާޖިދާ

ނަފްސާނީ ދުޅަހެޔޮކަމާމެދު ދެކޭ ނުރަނގަޅު ވިސްނުންތައް ދޫކޮށްލުމަށް މެޑަމް ސާޖިދާ ގޮވާލައްވައިފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 10 Oct 2026

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ބަލިތަކާއި ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކާމެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުންތައް ނައްތާލައި، އެފަދަ ފަރާތްތަކަށް އަޅާލުމާއި އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެކަމަނާ ވިދާޅުވީ، ކޮންމެ މީހެއްގެ ވެސް ނަފްސާނީ ދުޅަހެޔޮކަމަކީ އެމީހަކަށް ލިބޭ އަޅާލުމާއި، ދިރިއުޅޭ މާހައުލާއި، އަދި އެހެން މީހުންނާ އޮންނަ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށެވެ. އަދި އާއިލާގެ ތެރެއިންނާއި، ސްކޫލްތަކާއި މަސައްކަތުގެ މާހައުލުގެ އިތުރުން މުޅި މުޖުތަމައުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކުރާ ކަންކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެކަކު އަނެކަކަށް ހެޔޮހިތުން އަޑުއަހައި، ދޭ އެއްބާރުލުމަކީ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިފަދަ ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުގެ ތަޖުރިބާތައް ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ ހަގީގީ އެހީތެރިކަން ދެނެގަނެވޭނީ އެމީހުންގެ އިހުސާސްތައް ދެނެގަނެވިގެން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ނަފްސާނީ މައްސަލަތަކާ ގުޅުވައިގެން ވާހަކަދެއްކުމުގައި ބޭނުންކުރާ ބަސްމަގާއި މީހުންގެ ވިސްނުން ބަދަލުކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ނަފްސާނީ ދަތިތަކާ ކުރިމަތިލާންޖެހޭ ހިނދު، އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށާއި، ކޮންމެ މީހަކަށްވެސް އެހީތެރިކަން ލިބެންހުރިކަން ދަނެ، ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިލްތިމާސްކުރެއްވީ، އެއްވެސް ޖެހިލުމެއްނެތި، އަދި ފާޑުކިޔުންތަކަށް ބިރުގަތުމެއްނެތި އެމީހުންގެ އުނދަގޫތަކުގެ ވާހަކަ ހިއްސާކުރެވޭނެ ފަދަ އޯގާތެރި މާހައުލެއް ބިނާކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރުމަށެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ މައްސަލަތަކާމެދު އާންމުން ހޭލުންތެރިކުރުވައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރުކުރުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
އިސްރަށްވެހިންގެ ނަފްސާނީ ދުޅަހެޔޮކަަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ: މެޑަމް ސާޖިދާ
ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން، ކ. ކާށިދޫގައި ބޭއްވި "އިސްރަށްވެހިންގެ ސައްލާ" ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުން، އިސްރަށްވެހިންނަށް ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ފާހަގަކުރައްވައިފިއެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭންޖެހޭ މުހިންމު ދާއިރާއެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 10 Oct 2026
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް: ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއަށް ބޭނުންވާ ސިޔާސަތުތަކާއި ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން އިސްކަންދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސް މެދުވެރިކުރައްވައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ޚަބަރު 10 Oct 2026
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
9 މަސް ދުވަހުން ބީއެމްއެލްއިން ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ
މި މުއްދަތުގައި ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 ގެ ކުރިއެރުމެކެވެ. 2025 ވަނަ އަހަރުގެ މުޅި އަހަރު ބޭންކަށް ލިބިފައިވަނީ 2.47 ބިލިއަން ރުފިޔާގެ ސާފު ފައިދާއެވެ.
ވިޔަފާރި 09 Oct 2026
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
ޚަބަރު 09 Oct 2026