އަމާޒަކީ މުޅި ދިވެހިރާއްޖެ ޓެކްނޮލޮޖީ އިން ގުޅިފައިވާ ތަޢުލީމީ ތަނަކަށް ހެދުން: މިނިސްޓަރ

އަމާޒަކީ މުޅި ދިވެހިރާއްޖެ ޓެކްނޮލޮޖީ އިން ގުޅިފައިވާ ތަޢުލީމީ ތަނަކަށް ހެދުން: މިނިސްޓަރ

ހ ހަޅަ
ޚަބަރު 20 Aug 2024

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުމަށްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024 ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ގައެވެ.

މި ކޮންފެރެންސްގައި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ބައިވެރިވެވަޑައިނަވާފައިވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

އެކަމަނާ ވިދާޅުވީ، އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތަށް ތަޢުލީމީ ދާއިރާގައި ބޭނުންކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް ހުރި ކަމާއި، ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތަށް މުޤައްރަރުގައި ހިމަނަންޖެހޭކަމަށެވެ.

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތަޢުލީމީ ނިޒާމެއް ޤާޢިމްކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތަޢުލީމީ ތަނަކަށް ހެދުން

މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ. މަރްޔަމް މާރިޔާ

ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ޓެކްނޮކޮޖީއާއި ގުޅޭ އުސޫލުތަކާއި ޤަވާޢިދުތަށް އުފައްދައި، އެ ޤަވާޢިދުތަށް ތަންފީޒުކޮށް، ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުޙިއްމުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ޤައުމަކަށް ވީއިރު، މިފަދަ ޤައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތަށް ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަށެވެ. ނަމަވެސް، މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، ސްމާޓް އެޑިޔުކޭޝަން ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތަޢުލީމު ފޯރުކޮއްދިނުމުގެ ފުރުޞަތުތަށް ހޯދަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮއްފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ދުރާލައިރާވައިގެން މަސައްކަތްތަށް ކުރިއަށް ގެންދިޔުމާއި، މަތީ ތަޢުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތަޢުލީމު ފޯރުކޮއްދިނުމަކީ ދިވެހިރާއްޖެއަށް ބޭނުންވެފައިވާކަމެއްކަމަށްވެސް އެކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޗައިނާގެ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދަޢުވަތަކަށް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ ޗައިނާއަށް ފުރާވަޑައިނެވީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިން އަންނަނީ ބޭރުގެ އެކި ޤައުމުތަކުގެ މަޤްބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހުނަރުވެރި ޖީލެއް ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާ އެފަދަ ޔުނިވާސިޓީތަކާއި ގުޅިގެން ދިވެހިދަރިވަރުންނަށް ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތައް ކުރައްވަމުންނެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމަށް މިނިސްޓްރީ އިން އަންނަނީ އެކި އެކި ޤައުމުތަކާއި ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސްކޮޓްލޭންޑުން 36 އަހަރަށްފަހު ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި
ސްކޮޓްލޭންޑުން 36 އަހަރަށްފަހު ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު ހޯދައިފި
ފީފާ ވޯލްޑް ކަޕްގައި ރޭ ކުޅުނު މެޗުން ހެއިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި، ސްކޮޓްލޭންޑުން 36 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސްފިއެވެ. މިއީ 1990 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ސްކޮޓްލޭންޑަށް ލިބުނު ފުރަތަމަ މޮޅެވެ.
ކުޅިވަރު 14 Jun 2026
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެ
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެ
ގްރޫޕް ސީގައި ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް މެޗުގައި ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުން 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ސަޕޯޓަރުންނުން ފުރިފައިވާ ދަނޑެއްގައި ކުޅުނު މި މެޗަކީ ދުނިޔޭގެ ރޭންކިންގްގައި ކުރީގައި އުޅޭ ދެ ޓީމުގެ ފަރާތުން ފެނިގެންދިޔަ މުނިފޫހިފިލުވައިދިން މެޗެކެވެ.
ކުޅިވަރު 14 Jun 2026
ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ގަތަރުން ހޯދައިފި
ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ގަތަރުން ހޯދައިފި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ރޭ ކުޅުނު މެޗުގައި ވަރުގަދަ ސުވިޒަލޭންޑާ ވާދަކޮށް 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި ގަތަރުން ފުރަތަމަ ފަހަރަށް ޕޮއިންޓެއް ކާމިޔާބުކޮށްފިއެވެ.
ކުޅިވަރު 14 Jun 2026
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026