ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސޮއިކޮށްފި

ރަސްމާލެ ސަރަހައްދުގައި 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' ގެ ނަމުގައި 20 ބިލިއަން އެމެރިކާ ޑޮލަރު ގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއޭއީގެ އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު އީގަލް ހިލްސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު އަލައްބާރުއެވެ.

މި އެއްބަސްވުމުގެ ދަށުން އެކި ފިޔަވަހިތަކަށް ބަހާލައިގެން މަޝްރޫއު ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާ އާއި ހޮސްޕިޓާލިޓީ ދާއިރާގެ ވަސީލަތްތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން ވޯޓާފްރަންޓް ލެޝާ، ރީޓެއިލް، އަދި މުނިފޫހިފިލުވުމުގެ ހިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ތައުލީމީ، ސިއްހީ އަދި މުޖުތަމައަށް ބޭނުންވާ މުހިންމު ހިދުމަތްތައް ވެސް މި މަޝްރޫއުގެ ތެރޭގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ ހާއްސަ ގައުމެއް ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ރާއްޖޭގެ މި ހާއްސަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން، ދުނިޔޭގެ ފެންވަރުގެ ފުރިހަމަ މަޝްރޫއެއް ބިނާކުރުން ކަމަށް އަލައްބާރު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިއަށްގެންދެވޭ އެންމެ ބޮޑު އިންވެސްޓްމަންޓް. ބޭރުގެ އެތައް ބިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް އަޅުގަނޑުމެންގެ ބޭންކިން ނިޒާމުގެ ތެރެއިން ދައުރުވެގެންދާއިރު، 54،000 އަށް ވުރެ ގިނަ ވަޒީފާ އާއި ދިވެހި އާއިލާތަކަށް އެތައް ހާސް ބޯހިޔާވަހިކަމެއް ފަހިވެގެންދާނެ. މިއީ ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، އަދި ޓެކްސްގެ އިނާޔަތްތަކެއް ނުދީ، ވިއްކާ ކޮންމެ ޔުނިޓަކުން ސީދާ ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ހާސިލުކުރެވޭ ކާމިޔާބީއެއް'' އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް ސިނާއަތަކީ އިގްތިސާދުގެ މައި ތަނބަކަށް ހަދައި، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ގައުމަކަށް ހެދުމަށް ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެޅުނު އެންމެ ވަރުގަދަ ފިޔަވަޅަކީ ވެސް މިއީ ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.

އިގްތިސާދީ އަންދާޒާތަކުން ދައްކާ ގޮތުގައި މަޝްރޫއުގެ މުޅި މުއްދަތުގައި ބޭރުގެ އިންވެސްޓްމަންޓްގެ ގޮތުގައި 30 ބިލިއަން ޑޮލަރު ލިބޭއިރު، އޭގެ ތެރެއިން 18 ބިލިއަން ޑޮލަރަކީ ސީދާ ރާއްޖޭގެ އިގްތިސާދަށް ވަންނާނެ ނެޓް އިންވެސްޓްމަންޓެވެ. އަދި މަޝްރޫއު ނިމުމުން އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމަށް ހިދުމަތް ފުޅާކޮށް، 45 ހޮޓަލުގެ ހޮސްޕިޓާލިޓީ ޕޯޓްފޯލިއޯއެއް އޮތް، ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026