ދުނިޔޭގެ ފުޓްބޯޅަ އީދުގެ ޓެކްނޮލޮޖީ ބަލަހައްޓަން ކުޅަދާނަ ދިވެއްސެއް!

އެމެރިކާގައި ދިރިއުޅޭ ދިވެހި އައިޓީ މާހިރެއް ކަމަށްވާ މުޙައްމަދު ޝާހީން، ފީފާ ވޯލްޑް ކަޕްގެ ހޮސްޕިޓަލިޓީ އޮޕަރޭޝަންތަކުގެ އިސް މަޤާމަކަށް އައްޔަންކޮށްފިއެވެ. އޭނާ އައްޔަންކޮށްފައިވަނީ ވޯލްޑް ކަޕްގެ ރަސްމީ ހޮސްޕިޓަލިޓީ ޕާޓްނަރު ކަމަށްވާ "އޮން ލޮކޭޝަން" ގެ ލީޑް ވެނިއު ޓެކްނޮލޮޖީގެ މަޤާމަށެވެ.

"އޮން ލޮކޭޝަން" އަކީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފީފާ އޮފިޝަލުންނާއި، ސްޕޮންސަރުންނާއި، ކޯޕަރޭޓް ކްލަޔަންޓުންގެ އިތުރުން ޓްރެވަލް ޕްރޮގްރާމްތަކަށް ބޭނުންވާ ހޮސްޕިޓަލިޓީ ޚިދުމަތްތައް ރޭވުމާއި ފޯރުކޮށްދިނުމުގެ މައިގަނޑު ޒިންމާ އުފުލާ ކުންފުންޏެވެ. މީގެ ކުރިން އޮލިމްޕިކް ގޭމްސް އަދި ސުޕަރ ބޯލް ފަދަ ބައިނަލްއަޤްވާމީ ބޮޑެތި ކުޅިވަރު ހަރަކާތްތަކުގައިވެސް މި ކުންފުނިން ވަނީ މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.

މިދިޔަ އޭޕްރީލް މަހު މި މުހިންމު މަޤާމާ ހަވާލުވި ޝާހީންގެ ޒިންމާތަކުގެ ތެރޭގައި، މުބާރާތް ބާއްވާ ސްޓޭޑިއަމްތަކުގައި ޓެކްނޮލޮޖީގެ ޚިދުމަތްތައް ރޭވުމާއި، މެނޭޖްކުރުމާއި، އަދި ހޮސްޕިޓަލިޓީ ޕްރޮގްރާމްތަކަށް ބޭނުންވާ އައިޓީ ސިސްޓަމްތަކާއި އިންފްރާސްޓްރަކްޗާ އެއްވެސް މައްސަލައެއް ނުޖެހި ހިނގާތޯ ކަށަވަރުކުރުން ހިމެނެއެވެ.

އައިޓީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޝާހީން އަކީ ސިސްޓަމް އެޑްމިނިސްޓްރޭޝަނާއި، ނެޓްވޯކް މެނޭޖްމަންޓް އަދި ޓެކްނިކަލް ސަޕޯޓުގެ ދާއިރާއިން ފުންނާބު އުސް މާހިރެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެމެރިކާގެ ފާހަގަކޮށްލެވޭ ގިނަ ކުންފުނިތަކެއްގައި މަސައްކަތް ކުރައްވާފައެވެ.

މިއީ ފީފާ ވޯލްޑް ކަޕެއްގެ މިފަދަ އިސް މަޤާމަކަށް ދިވެއްސަކު އައްޔަންވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދުނިޔޭގެ ފުޓްބޯޅަ މުބާރާތެއްގައި ދިވެއްސަކު އެންމެ އުހުގައި ފާހަގަކުރެވިފައިވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އެ މުބާރާތުގެ ބައެއް މެޗުތަކުގައި ދިވެހި ރެފްރީ އެސިސްޓެންޓް މުޙައްމަދު ސައީދު ވަނީ ލައިންސްމަނެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026