ނޭޕާލް ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ހ ހަޅަ
ޚަބަރު 04 Sep 2026

ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މިއެހީއަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.

ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމާއި، ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތީގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފި
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައެވެ. އެ ގެސްޓުހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.
ޚަބަރު 04 Sep 2026
17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެމީހަކު ހައްޔަރުކޮށްފި
17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ގއ. މާމެންދޫން ދެމީހަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު 04 Sep 2026
އީރާނުން ރައްދު ހަމަލާތަކެއް ޔޫއޭއީ އާއި ކުވައިތަށް ދީފި
އީރާނުން ރައްދު ހަމަލާތަކެއް ޔޫއޭއީ އާއި ކުވައިތަށް ދީފި
އީރާނުން ތަކުރާރުކޮށް ދެމުންދާ ހަމަލާތައް ކުވައިތުން ވަނީ ކުށްވެރިކޮށްފައެވެ. ކުވައިތުން ބުނެފައިވަނީ މިއީ އެ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ގައުމުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ސީދާ ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން، ޔަމަނުގެ ތާއިޒްގެ ހުޅަނގު ފަރާތުގެ އެކި ސަރަހައްދުތަކުގައި ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ 03 Sep 2026
މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް
މަސްވެރިންނަށް ހައްގު މިންވަރު ހޯދައިދިނުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް
މަސްވެރިކަމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން ސްޕޯޓްސް ފިޝިންއަށް ހާއްސަ ބަނދަރުތައް ގާއިމްކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ސްޕޯޓްސް ފިޝިންގ އާއި އެކަހަލަ އެކި ކަންކަމަށް ބަނދަރުތައް ހެދުމާ މިކަންކަމަށް މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
ރިޕޯޓް 03 Sep 2026