ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހިނގާލުމެއް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތް، އަސްކަރިއްޔާއިން ވަކިވެ މަދަނީ މުއައްސަސާއަކަށް ބަދަލުވި ދުވަހުގެ ގޮތުގައި ފާހަގަކުރާ "ފުލުހުންގެ ޚިދުމަތުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން 1،200 އަށްވުރެ ގިނަ ފުލުހުންނާއި މުވައްޒަފުން ބައިވެރިވި ޚާއްޞަ ހިނގާލުމެއް މާލެއާއި އަތޮޅުތަކުގައި ބާއްވައިފިއެވެ. މި ހިނގާލުމަކީ 1 ސެޕްޓެމްބަރު 2004 ގައި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.

މާލޭގައި ކުރިއަށްދިޔަ ހިނގާލުން ފެށިގެން ދިޔައީ ޖުމްހޫރީ މައިދާނުގައި ފުލުހުންގެ ހުވާ އައުކުރުމަށްފަހުގައެވެ. ވެރިރަށް މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ހިނގާލުން ނިންމާލާފައިވަނީ އަނބުރާ ޖުމްހޫރީ މައިދާނަށެވެ. މި ހިނގާލުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި މި ހިނގާލުމަކީ މުއައްސަސާގެ ތާރީޚާއި، ޤުރުބާނީ އަދި އިޚްލާޞްތެރިކަން ރަމްޒުކޮށްދޭ ހަރަކާތެކެވެ.

މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ޚާއްޞަ ތަމްރީނުތައް ދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"މި ސަރުކާރުން ފުލުހުންގެ ޚިދުމަތާ ހަވާލުވި އިރު، ޚާއްޞަ ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރެވިގެން ޚިދުމަތް ދެވެމުންދިޔައީ އެންމެ 17 ވަރަކަށް ރަށުގައި،" ސީޕީ ވިދާޅުވިއެވެ. "އެހެންނަމަވެސް، މިއަދު މާތް ﷲ ގެ އިރާދަފުޅާއެކު، ބާކީ ހުރި ހުރިހާ ރަށެއްގައި ޚާއްޞަ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރިއަށް." މީގެއިތުރުން، މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ޤާބިލު ޚިދުމަތެއް ކަށަވަރުވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ރަސްމީކޮށް ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ 29 މާރިޗު 1933 ގައެވެ. އަދި 2004 ވަނަ އަހަރު ވަކި މުއައްސަސާއަކަށް ބަދަލުވަންދެން ފުލުހުންގެ މަސައްކަތް ހިނގަމުން އައީ ސިފައިންނާ އެކުގައެވެ. އޭގެފަހުން 2008 ވަނަ އަހަރު ފުލުހުންގެ ފުރަތަމަ ޤާނޫނު ވުޖޫދުވި އިރު، 2020 ވަނަ އަހަރު ފާސްކުރެވުނު އައު ޤާނޫނާއެކު ފުލުހުންގެ ޚިދުމަތް ވަނީ ކޮމިއުނިޓީ ޕޮލިސިންގ އުޞޫލަށް ބައްޓަންކުރެވިފައެވެ.

ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރާއި، އާއިލީ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޕްރޮގްރާމްތައް ހިމެނެއެވެ. މީގެއިތުރުން، ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު (އެންސީއެސްއީ) ގައި ‘ބްލޫސް ފެމިލީ ނައިޓް’ ގެ ނަމުގައި ޚާއްޞަ މިއުޒިކަލް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯގައި 'ބާރަށު ޝިޔާމް' އާއި، 'ހަބޭސް' ބޮޑުބެރު ގްރޫޕް އަދި އެމްއެންއެސްޔޫގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026