ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

ޔުނާން ޕްރޮވިންސާއި ރާއްޖެއާ ދެމެދު އިޤްތިޞާދީ ގުޅުން ގާއިމުކުރުމާއި ގުޅޭގޮތުން ނާޒިމް މަޝްވަރާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ޔުނާންސް ޕްރޮވިންސްގެ އިސް ބޭފުޅުންނާއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. 

ނާޡިމް ވަނީ  ޔުނާން ޕްރޮވިންސްގެ މަސްއޫލުވެރިންނާއެކު މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބާއްވަވައި ޔުނާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދުގެ ގުޅުމާއި އިޤްތިޞާދީ ގުޅުން ވިލަރެސް ކުރުމާ ބެހޭ ގޮތުންނާއި ޔުނާން ޕްރޮވިންސްގެ ލީޑަރުންނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައި، ދެ ސަރަހައްދުގެ ގުޅުން އިތުރަށް ވަރުގަދަކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޮނަރަބަލް އަހުމަދު ނާޡިމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ 8 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި އާއި 5 ވަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައެވެ.

ސޮލިޑަރިޓީ އެންޑް ކޯޑިނޭޝަން ފޯ ކޮމަން ޑިވެލޮޕްމަންޓް ގެ ނަމުގައި ބާއްވާ އެކްސްޕޯގައި ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ޕެވިލިއަންކަތަށްވެސް އޮނަރަބަލް އަޙުމަދު ނާޡިމް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

އޭގެ އިތުރުން އޮނަރަބަލް އަޙްމަދު ނާޡިމް، ޔުނާން ޓެންގްޔޫން އިންފޮމޭޝަން ކޯ ލިމިޓެޑާއި ޔުނާން ނޮންގްކެން ކޮފީ ކޯ ލިމިޓެޑް ފަދަ މަޝްހޫރު ކުންފުނިތަކަށްވެސް ޒިޔާރަތް ކުރައްވާނެއެވެ.

ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްއަކީ، ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ޔުނާން ޕްރޮވިންސްގެ ސަރުކާރު ގުޅިގެން ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި ޗައިނާ އާއި ދެކުނު އޭޝިއާގެ 200 އަށް ވުރެ ގިނަ ޢަދަދެއްގެ މަތީ ފެންވަރުގެ މަސްއޫލުވެރިންނާއި މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ފޯރަމްގެ މިއަހަރުގެ ތީމަކީ ބިލްޑިން ކޮންސެންސަސް ފޯ ރީޖަނަލް ޑިވެލޮޕްމަންޓް އެވެ. ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ދެފަރާތަށް ފައިދާހުރި އެއްބާރުލުން ކުރިއެރުވުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މި ފޯރަމަކީ، 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުންމިންގްގައި ބާއްވާ ފޯރަމެކެވެ. މި ފޯރަމްގައި، ސަރަހައްދީ އެއްބާރުލުމާއި ތަރައްޤީއާ ބެހޭ ގޮތުން ފުންކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދެއެވެ.

އޮނަރަބަލް އަޙްމަދު ނާޡިމްގެ އަރިހުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަފްދުގައި ވައިކަރަދޫ ދައިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސެއިން ޒިޔާދުއާއި މާފަންނު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުالله ރިފާޢުއާއި ފޭދޫ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އިބްރާހީމް ދީދީ އާއި މިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙަސަން މުފީދު ހިމެނިވަޑައިގަންނަވައެވެ. މިބޭފުޅުން، ކުންމިންގެ މުހިންމު މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބަލް އަޙްމަދު ނާޡިމް، ޗައިނާ ސަރުކާރުން އިންތިޒާމު ކުރާ މި ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމުން ރަމްޒުކޮށް ދެނީ ސަރަހައްދީ ގުޅުން ބަދަހިކުރުމަށާއި އަދި ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށްވާ ޗައިނާއާ ގުޅިގެން ތަރައްޤީގެ އާ މަގުތަކެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބައިނަލްއަޤްވާމީ ދާއިރާގައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައިވާ އިޙުތިރާމާއި ސަރަޙައްދީ ޑިޕްލޮމެސީއާއި އިޤްތިސާދީ އެއްބާރުލުމުގައި ރާއްޖޭގެ ސްޓްރެޓެޖިކް މުހިންމުކަންވެސް ހާމަވެގެން ދެއެވެ.  

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026