ޗީފް އިންސްޕެކްޓަރ ސާމިހު އަނެއްކާވެސް ހޮމިސައިޑް ޔުނިޓުގެ އިސްވެރިޔަކަށް އައްޔަންކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 13 Jul 2026

ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، މަރުގެ މައްސަލަތައް ތަހުގީގުކުރާ ހޮމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އެންމެ އިސްވެރިޔާގެ މަގާމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހު އަލުން އައްޔަންކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ބާގިރު ވިދާޅުވި ގޮތުގައި، ސާމިހު މި މަގާމަށް އަލުން އައްޔަންކުރީ ފުލުހުންގެ އިދާރީ އޮނިގަނޑަށް ދާދިފަހުން ގެނައި ބަދަލުތަކާ ގުޅިގެންނެވެ. މިއީ ކުރީގެ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ރިޓަޔަރ ކުރެއްވި ފަހުން ފުލުހުންގެ އޮނިގަނޑަށް ގެނައި ފުރަތަމަ ބޮޑު ބަދަލެވެ.

ސާމިހު ކުރިން މި މަގާމުން ވަކިކޮށްފައިވަނީ 2025 އޭޕްރިލް 18 ވަނަ ދުވަހު މާލޭގެ އުސް އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގު ފުލުހުން ކުރިއަށްގެންދިޔަ ގޮތާމެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާއި މުޒާހަރާތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ. އެ ދުވަސްވަރު އޭނާ ބަދަލުކުރެވުނީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލަޔަންސް ޔުނިޓަށެވެ.

ނަމަވެސް، އެ މަގާމުން ވަކިކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން، ސާމިހު މިވަނީ އަނެއްކާވެސް މަރުގެ މައްސަލަތައް ތަހުގީގުކުރާ ޔުނިޓުގެ ހެޑްގެ ގޮތުގައި މަސައްކަތް ފައްޓަވާފައެވެ. ސާމިހަކީ މީގެ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން ހޮމިސައިޑް ޔުނިޓުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު އޮފިސަރެކެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލެ މަޝްރޫޢު ނުހުއްޓުވޭނެ، ޔާމީނާއި އެމްޑީޕީ ކުރަނީ އެއް މަސައްކަތެއް: މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކުން ހިންގަން އުޅޭ ބިޔަ މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި ޒުވާނަކު ޖޫރިމަނާކޮށް، ސައިކަލް ޓޯކޮށްފި
ހުޅުމާލެ ފޭސް 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް، އެ ސައިކަލް ދުއްވި މީހާއަށް ފިޔަވަޅު އަޅައިފިއެވެ.
ޚަބަރު 11 Oct 2026
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް: އަންހެން ކުދިންގެ ޤާބިލުކަމާއި ހުނަރު ފާހަގަކުރައްވައި މެޑަމް ސާޖިދާ ތަހުނިޔާ ވިދާޅުވެއްޖެ
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖެއާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި އަދި އެކުދިންގެ ކިބައިގައިވާ ޤާބިލުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޚަބަރު 11 Oct 2026