މަސް ގަތުމަށް ސަރުކާރުން މިހާރު މިފްކޯއަށް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ

މިފްކޯގެ ސިޔާސަތުތައް ހަރުދަނާ ކުރަން ކުރި މަސައްކަތުން މަސް ގަންނަން މިފްކޯއަށް ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލަފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މިފްކޯއަށް މަސްގަތުމަށް މީގެ ކުރީ ސަރުކާރުތަކުން ބިލިއަނުން ސަބްސިޑީ ދެމުން ގެންދިޔަ ކަމަށެވެ. ވަޒީރު ވިދާޅުވީ މިފްކޯ ކުރިއަރާދާންބޭނުން ނަމަ ސިޔާސަތުތަކަށް ބަދަލުގެންނާން ޖެހޭ ކަމަށެވެ. މީގެ ކުރީ ސަރުކަރުތަކުން ސިޔާސީ ބޭނުމަށް ވޯޓު ހޯދުމަށްޓަކާ މިފްކޯއަށް ސަބްސިޑީ ދީގެން މަސްވެރިންގެ އަތުން މަސް ގަންނަމުން ގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މަސް ގަންނަން ސަރުކާރުން މިފްކޯއަށް ދެމުން ގެންދިޔަ ސަބްސިޑީ އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. މިފްކޯއަކީ މިހަރު ސަބްސިޑީ އާއި ނުލާ މަސްގަނެވޭނޭ ގާބިލުކަން ހުރި ކުންފުންޏެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑުމެން މިހާރު މަސްގަންނަން މިފްކޯއަކަށް އެންމެ ރުފިޔާއެއް ވެސް ނުދެން. އަޅުގަނޑުމެން ބޭނުންވަނީ މިފްކޯއަކީ އަމިއްލައަށް މަސައްކަތްކުރެވޭ ކުންފުންޏަކަށް ވާން. އެމަގުން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްޕުޅުކުރެއްވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން.“

ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރުމުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބުނުކަމަށާ އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ވޭތުވެދިޔަ އެއްވެސް ސަުކާރަކުން މަސްވެރިކަން ތަރައްގީކުރަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފެލިވަރުގައި 40 އަހަރު ވަންދެން އެއް ފެކްޓްރީއެއް ހިންގަމުން ގެންދިޔަކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތު ކުރިއަރާނީ މަހަށް ހަމަ އަގު ލިބިގެން ކަމަށާ މަހަށް ހަމަ އަގު ލިބޭނީ ކެޕޭސިޓި އިތުރުކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.އެގޮތުން އެކަން ބަދަލުކޮށް މަސް ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ތިން ގުނަ ބޮޑު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ވަގުތު ރާއްޖޭގައި މަސް ޕްރޮސެސިން ކެޕޭސިޓީއަކީ 105 ޓަނެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް އިންވެސްޓު ނުކުރާވަރަށް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރި ސިނާއަތަށް އިންވެސްޓުކޮށްފައެވެ. އެގޮތުން މަސްވެރިންގެ އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް މިހާރު ވަނީ ހައްލު ގެނެސްދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
ވ. ތިނަދޫ ކައުންސިލުގެ ރައީސްގެ ގޮނޑިއަށް ވާދަކުރަން ހުޅުވައިލައިފި، އިންތިޚާބު ނޮވެންބަރުގެ ފަހުކޮޅު
އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި އިޢުލާނުގައިވާ ގޮތުން، ތިނަދޫ ކައުންސިލުގެ ރައީސްކަމަށް ވާދަކުރަން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ކެންޑިޑެސީ ފޯމާއި އެއާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ އިތުރުން -/1500 ރުފިޔާގެ އިދާރީ ފީ ދެއްކުން ކުރިއަށްދާނީ އެ ކޮމިޝަނުގެ "މައި ޕޯޓަލް" މެދުވެރިކޮށެވެ.
ޚަބަރު 11 Oct 2026