ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)

ޕީއެންސީގެ ވެރިންނަށް ސަރުކާރުގެ އަދާހަމަތައް އެނގުން މުހިންމު: މުންދު

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރޝިޕާއި އެކި ދާއިރާތަކުގެ އިސްވެރިންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ އަދާހަމަތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ޕީއެންސީގެ ދާއިރާތަކުގެ މަޤާމުތަކަށް އިންތިޚާބުވި ފަރާތްތަކަށް ޚާއްޞަކޮށްގެން ބޭއްވި ސެޝަންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސެޝަންތަކުގައި ބައިވެރިވި 1300 އެއްހާ މީހުންނަކީ ސަރުކާރު ހިންގާ ޕާޓީގެ އަދި ރައްޔިތުންގެ ވެރިންނެވެ. އެހެންކަމުން، ރަށްރަށުގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ރައްޔިތުންނަށް މުހިންމުވާ ކަންކަން ރަށުގެ ޒުވާނުންގެ ގޮފީގެ ރައީސުންނާއި، ސްޓިއަރިންގ ކޮމިޓީގެ ރައީސުންނާއި، ދާއިރާތަކުގެ ރައީސުން އަދި ނައިބު ރައީސުންނާއި މެންބަރުންނަށް އެނގެންޖެހެއެވެ.

މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ވޯޓުލުން ކުރިއަށްގެންދިޔަ ފަހަރުކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މީގެ ސަބަބުން ވަރަށް ބޮޑަށް ވަގުތު ސަލާމަތްވެގެން ގޮސްފައިވާ ކަމަށެވެ. އަދި 4 ނުވަތަ 5 ދުވަހަށް ދިގުދެމިގެންދާ ގޮތަށް މި މަސައްކަތްތައް ބާއްވަނީ، ސެޕްޓެމްބަރު 2028 ގެ ރިޔާސީ އިންތިޚާބާ ހަމައަށް މި ހުރިހާ ބޭފުޅުން އެއްތަނަކުން ދެން ބައްދަލުވުމުގެ ފުރުޞަތު ކުޑަވާނެތީ، ޕާޓީގެ ވެރިންނަށް ސަރުކާރުގެ މަޢުލޫމާތުތައް ފުރިހަމައަށް އަދާހަމަކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޕާޓީއަކީ ސަރުކާރަށް ލިބޭ އިތުރު ބާރަކަށް ވެފައި، ހަމައެއާއެކު ސަރުކާރު ޖަވާބުދާރީ ކުރުވާ ބަޔަކަށް ވާންޖެހޭ. މިއީ ވަރަށް އިންޓަރެކްޓިވް ޕްރޮސެސްއެއް،" މުންދު ވިދާޅުވިއެވެ.

މީގެއިތުރުން، ޕާޓީގެ އަސާސީ ޤަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެވިފައިވާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ކުރިން 4 ނައިބު ރައީސުން ތިއްބެވި ނަމަވެސް މިހާރު 6 ނައިބު ރައީސުން ތިއްބަވާނެ ކަމަށެވެ. އަދި މިހާރު އެކުލަވާލެވިފައިވާ ޓީމަކީ އެކި ދާއިރާތަކާއި އެކި ފަންތީގެ ތަޖުރިބާކާރު ބޭފުޅުން ހިމެނޭ ވަރުގަދަ ޓީމެއް ކަމަށް ވިދާޅުވިއެވެ.

މުންދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާޓީގެ މަސައްކަތްތައް ތަރުތީބުކުރާނެ ގޮތްތައް ނިންމަންޖެހޭ ކަމަށެވެ. އަދި ކާމިޔާބީ ޙާޞިލުކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށާއި، ކޮންމެ ރައްޔިތަކާ ވާހަކަދައްކައި، އެމީހުންގެ އަޑުއަހައިގެން ކުރިއަށް ދިޔުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026