މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތައް އަޑު ކަނޑާލަން މިނިސްޓްރީން އެންގިވާހަކައަކީ ދޮގެއް: މިނިސްޓަރ

ހ ހުސައިން އިސްމާއިލް
ޚަބަރު 24 May 2026

ނަމާދު ގަޑީގައި މާލެ ސިޓީގެ ހުރިހައި މިސްކިތްތަކުން ބޭރަށް އަޑު ނުއިވޭ ގޮތަށް އަޑު ކަނޑާލަން މިނިސްޓްރީން އެންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިފަދައިން ވިދާޅުވީ ރޭ ޝެއިޚް ނިޝާންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި، މިސްކިތްތަކުގެ އިމާމުން އިސްލާމިކް މިނިސްޓްރީއަށް ގެންގޮސް، ނަމާދުކުރާ އަޑު އިވޭ ގޮތަށް ބޭރަށް ހުންނަ ތާޅަފިލި ނުވަތަ ސްޕީކަރުތަކުގެ އަޑު ކަނޑުވާލުމަށް އަންގާފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. ޝެއިޚް ވިދާޅުވީ މިސްކިތްތަކަކީ މާތްﷲގެ ގެކޮޅުތައް ކަމަށްވާއިރު، އެ ތަންތަނުގެ އަޑު ކަނޑުވާލުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

މާލެ ސިޓީގެ ބައެއް މިސްކިތްތަކުގެ ނަމާދުކުރާ އަޑު ތާޅަފިލިން ކަނޑާލަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބުނެ، ދީނީ އިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ބިން އަލީ އާދަމް ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް މިނިސްޓަރ ޝަހީމް ވަނީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.

މިސްކިތްތަކުގެ ބަންގީގެ އަޑާއި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް އިވޭގޮތަށް ހަދަން އިސްލާމިކް މިނިސްޓްރީ އިން މީގެ ކުރިން ވެސް އިމާމުންނަށް އަންގާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ވޯލްޑްކަޕްގެ ފޯރި އާއި ދަރިވަރުންގެ ހާޒިރީ: ކަންބޮޑުވާންޖެހޭ މިންވަރަކަށް؟
ވޯލްޑްކަޕްގެ ފޯރި އާއި ދަރިވަރުންގެ ހާޒިރީ: ކަންބޮޑުވާންޖެހޭ މިންވަރަކަށް؟
ރިޕޯޓް 07 Jul 2026
މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި
މަގުބޫލު ސަބަބެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ޕްރިންސިޕަލުންނަށް އަންގައިފި
މަގުބޫލު އުޒުރެއް ނެތި ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ އަދަދު އިތުރުވަމުންދާތީ، އެފަދަ ދަރިވަރުންނާމެދު ފިޔަވަޅު އެޅުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަންގާފައިވާނޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 07 Jul 2026
މިދިޔަ ޖޫން މަހު އެމްޕީއެލްގެ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތުން 335 ޓަނުގެ މުދާ ބޭރުކޮށްފި
މިދިޔަ ޖޫން މަހު އެމްޕީއެލްގެ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތުން 335 ޓަނުގެ މުދާ ބޭރުކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުންދާ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބި، މިދިޔަ ޖޫން މަހު އެކަނިވެސް 335 ޓަނަށްވުރެ ގިނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޚަބަރު 07 Jul 2026
އާޖެންޓީނާއާއި މިޞްރު ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔެ އިންތިޒާރުގައި
އާޖެންޓީނާއާއި މިޞްރު ބައްދަލުކުރާ ފޯރިގަދަ މެޗަށް ދުނިޔެ އިންތިޒާރުގައި
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ އެންމެ ފޯރިގަދަ އެއް މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި މިޞްރު މިއަދު ބައްދަލުކުރާނެއެވެ. މި މެޗަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ، ފުޓްބޯޅައިގެ ދެ ސުޕަރސްޓާރުން ކަމަށްވާ ލިއޮނަލް މެސީއާއި މުޙައްމަދު ޞަލާޙް ވޯލްޑް ކަޕްގެ ނޮކްއައުޓް މަރުޙަލާއެއްގައި ބައްދަލުކުރާތީއެވެ.
ކުޅިވަރު 07 Jul 2026