އޭލެވެލް އިމްތިޙާނު ފެށުން: ދަރިވަރުންނަށް ރައީސާއި އަނބިކަނބަލުންގެ ހެޔޮއެދުންތައް، ޤައުމު އޮތީ ބޮޑު އުންމީދެއްގައި

މަތީ ސާނަވީ އިމްތިޙާނަކީ ދަރިވަރުންގެ މުސްތަޤްބަލު ބިނާކުރުމުގައްޔާއި، މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ދާއިރާއެއް ޚިޔާރުކޮށް ކުރިއަށް ދިއުމުގައި ވަރަށް މުހިންމު މަރުޙަލާއެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޢާއިލާތަކަށް އަދި ސްކޫލްތަކަށް ފުރިހަމަ ކާމިޔާބީއަކަށް އެދިވަޑައިގެންފިއެވެ. މީގެއިތުރުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ މުޅި ޤައުމު މިއަދު އޮތީ ދަރިވަރުންނާ މެދު ފޮނި އުންމީދުތަކަކާއެކު ކަން ފާހަގަކުރައްވައި ދަރިވަރުންނަށް ހެޔޮ ދުޢާ ރައްދުކުރައްވާފައެވެ.

އިމްތިޙާނު ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އިމްތިޙާނަށް ތައްޔާރުވުމަށްޓަކައި ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ފޮނިމޭވާ އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށެވެ. އަދި މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު، އިމްތިޙާނުގައި ފަސޭހަކަމާއެކު މޮޅަށް ޖަވާބުދީ، މުޅި ޤައުމު ފަޚުރުވެރިވާ ފަދަ މޮޅު ނަތީޖާއެއް ދަރިވަރުން ހޯދައިދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، ދަރިވަރުންގެ ހިތްތަކަށް މާތް ﷲ އަލިކަން ދެއްވައި، ވިސްނުން ތޫނުކުރައްވައި، އިމްތިޙާނުގެ ކަރުދާސްތަކަށް ފަސޭހަކަމާއެކު ޖަވާބުދިނުމުގެ ތައުފީޤު މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ. އަދި ލިބޭ ރަނގަޅު ނަތީޖާގެ ސަބަބުން ބެލެނިވެރިންނާއި މުދައްރިސުން ފަޚުރުވެރިވެ، ޒުވާނުންގެ މުސްތަޤްބަލު އުޖާލާވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މި އަހަރުގެ މަތީ ސާނަވީ އިމްތިޙާނު ރާއްޖޭގެ 53 މަރުކަޒެއްގައި ކުރިއަށްދާއިރު، އޭލެވެލް އިމްތިޙާނުގައި 4،973 ދަރިވަރުން އަދި އެޗް.އެސް.ސީ އިމްތިޙާނުގައި 2،263 ދަރިވަރުން ބައިވެރިވެއެވެ. މީގެތެރެއިން މާލެ ސަރަޙައްދުގެ 4 ސެންޓަރެއްގައި 3،284 ދަރިވަރުން އިމްތިޙާނު ހަދަމުންދާއިރު، އަތޮޅުތަކުގެ 49 ސެންޓަރަކުން 1،689 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވެއެވެ.

މި ދުވަސްވަރަކީ ސާނަވީ (އޯލެވެލް) އަދި މަތީ ސާނަވީ އިމްތިޙާނު އެއްކޮށް ކުރިއަށްދާ ދުވަސްވަރެކެވެ. އެގޮތުން އޯލެވެލް އިމްތިޙާނު ސެޕްޓެމްބަރު 20 އިން ނޮވެމްބަރު 12 ގެ ނިޔަލަށް ކުރިއަށްދާއިރު، އޭލެވެލް އިމްތިޙާނު ކުރިއަށްދާނީ ސެޕްޓެމްބަރު 27 އިން އޮކްޓޫބަރު 30 ގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026