އިސްރާއީލުގެ ސިފައިން ޔަމަނުގެ ރަސް އީސާ އަދި ހޮދައިދާގައި ވައިގެ ހަމަލާތައްދޭން ފަށައިފި

އިސްރާއީލުގެ ސިފައިން ޔަމަނުގެ ރަސް އީސާ އަދި ހޮދައިދާގައި ވައިގެ ހަމަލާތައްދޭން ފަށައިފި

ހ ހަޅަ
ދުނިޔެ 29 Sep 2024

އިސްރާއީލުގެ ސިފައިން ބުނެފައިވަނީ ޔަމަނުގައިވާ ހޫތީންގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. މިއީ ޣައްޒާ އަދި ލެބަނޮންގައި އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ސަރަޙައްދުގައި ހަނގުރާމައިގެ އަލިފާން ފެތުރިދާނެކަމުގެ ބިރުވެރިކަން އިތުރުވެގެންދާ ކަމެކެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި، ސިފައިން ބުނެފައިވަނީ ފައިޓަރ ޖެޓްތައް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މަތިންދާބޯޓުތަކުން ރަސް އީސާ އަދި ހޮދައިދާ ބަނދަރުތަކުގައިވާ ކަރަންޓު ޕްލާންޓްތަކާއި ބަނދަރުގެ ވަސީލަތްތަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ވައިގެ ހަމަލާތަކާ ގުޅިގެން ހޮދައިދާގެ ގިނަ ސަރަޙައްދުތަކުގައި ކަރަންޓު ކެނޑިފައިވާކަމަށް އެތަނުގެ ރައްޔިތުން ބުނެފައިވެއެވެ.

މި ހަމަލާ ދީފައިވަނީ ހޫތީން ބުނިގޮތުގައި އިސްރާއީލުގެ ތެލްއަވީވް ކައިރީގައިވާ ބެން ގުރިއަން ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ބެލިސްޓިކް މިސައިލެއް ދޫކޮށްލި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.

މި ގްރޫޕުން ވަނީ ފާއިތުވި އަހަރުގެ ނޮވެންބަރު މަހުން ފެށިގެން އިސްރާއީލަށާއި ރަތު ކަނޑާއި، އަދަން ކަނޑުބޮޑާއި، ބާބުލް މަންދަބް ހަނިކަނޑުގައި ދަތުރުކުރާ އިސްރާއީލާ ގުޅުންހުރި އުޅަނދުތަކަށް ތަކުރާރުކޮށް ހަމަލާދީފައެވެ. މިއީ ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގެ ދަށުގައިވާ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް އެ ގްރޫޕުން ބުނެއެވެ.

ފާއިތުވި އަހަރު ތެރޭގައި، ހޫތީން ވަނީ އީރާނުގެ އިރުޝާދާއި ފައިސާގެ އެހީގެ ދަށުން، އަދި އިރާޤުގެ މިލިޝިއާތަކާ ގުޅިގެން އިސްރާއީލު ދައުލަތަށް ހަމަލާދީ، ސަރަޙައްދުގެ އިސްތިޤްރާރު ނަގާލައި، އަދި ދުނިޔޭގެ ދަތުރުފަތުރުގެ މިނިވަންކަމަށް ހުރަސްއަޅަން މަސައްކަތްކޮށްފައެވެ، އިސްރާއީލުގެ ސިފައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އިސްރާއީލުން ކުރިން ހޮދައިދާ ބަނދަރަށް ހަމަލާދީފައިވަނީ ޖުލައި މަހުގައި، ހޫތީންގެ ޑްރޯން ހަމަލާއެއް އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމު ފަހަނައަޅައި ގޮސް ތެލްއަވީވްގައި އާންމު ރައްޔިތަކު މަރާލުމަށްފަހުގައެވެ.

މި މަހުގެ ކުރީކޮޅު، ޔަމަނުގެ އުތުރުގެ ގިނަ ސަރަޙައްދުތައް ކޮންޓްރޯލްކުރާ ހޫތީން ވަނީ އެމީހުން ބުނާގޮތުގައި ހައިޕަރސޮނިކް މިސައިލެއް ބޭނުންކޮށްގެން އިސްރާއީލުގެ މެދުތެރެއަށް ހަމަލާއެއް ދީފައެވެ. މި ހަމަލާއިން އަލިފާން ރޯވެ، އެއަރ ރެއިޑް ސައިރަންތައް އިއްވައި، ބެން ގުރިއަން ވައިގެ ބަނދަރު ސަރަޙައްދުގައި ރައްޔިތުން ސަލާމަތީ ތަންތަނަށް ދުވެފައިވެއެވެ.

އީރާނުން ވަނީ އާދީއްތަ ދުވަހު އިސްރާއީލުން ޔަމަނުގެ ހޮދައިދާ ބަނދަރަށް ދިން ހަމަލާތައް ކުށްވެރިކޮށްފައެވެ. އެ ހަމަލާތައް އަމާޒުކޮށްފައިވަނީ ކަރަންޓު ޕްލާންޓަކަށާއި ތެޔޮ ޓޭންކުތަކަކަށް ކަމަށް އީރާނުގެ ޚާރިޖިއްޔާ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ބަޔާނެއްގައި ބުނެފައިވެއެވެ.

ޔަމަނުގެ ވެރިރަށް ސަނާއިން ނޫސްވެރިއެއް އަދި ސިޔާސީ ދިރާސާވެރިއެއް ކަމުގައިވާ ހުސެއިން އަލް-ބުޚައިތީ އަލްޖަޒީރާއަށް ބުނެފައިވަނީ ހަމަލާ ދެވުނު ސަރަޙައްދުތަކުގައި އަލިފާން ނިއްވުމަށް ފަޔަރ ފައިޓަރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެއްް މީހަކު މަރުވެފައިވާކަމަށާއި އަދި އެތައް ބަޔަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި އިސްރާއީލީންގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ފިއްތުން ކުރިމަތިކުރުވުން. ހޮދައިދާ ބަނދަރަކީ ޔަމަނުގެ އިޤްތިޞާދަށް. އަދި ޔަމަނުގެ ރައްޔިތުންނަށް މުހިންމު ތަނެއް. އަޅުގަނޑު ދެކޭގޮތުގައި އެމީހުން ސިވިލިއަން އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށް ހަމަލާދިނުން ކުރިއަށް ގެންދާނެ، އޭނާ ބުނެފައިވެއެވެ.

މީގެ އިތުރުން، އާދީއްތަ ދުވަހުގެ މި ވައިގެ ިގެ ހަމަލާތައް ދީފައިވަނީ އިސްރާއީލުން ލެބަނޮންގައި މަރުގެ ހަމަލާތައް ދެމުންދާއިރު، އެކަމުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ދަނޑިވަޅެއްގައެވެ.ހޮނިހިރު ދުވަހު، ހޫތީން ވަނީ ހުކުރު ދުވަހު ލެބަނޮންގެ ދެކުނުގެ ބޭރޫތުގެ އާބާދީ ބޮޑު ސަރަޙައްދެއްގައި އިސްރާއީލުން ދިން ހަމަލާއެއްގައި ހިޒްބުއްލާގެ އިސްވެރިޔާ ހަސަން ނަސްރުއްލާ މަރުވެފައިވާތީ ހިތާމަކޮށްފައެވެ. އަދި އެ ގްރޫޕުން ވަނީ ލެބަނޮންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ގޮވާލާފައެވެ.   

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ކޮމިޝަން ކޮށްފި
ހުޅުމާލޭ ވިޔަފާރި ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޝިޕް ކޮމިޝަންކޮށްދެެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހިލޭއެހީގެ ގޮތުގައި ހަދިޔާކުރި ނޭވީ މަނަވަރަށް ނަންދީފައިވަނީ "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގެ ނަމުންނެވެ.
ޚަބަރު 27 Jul 2026
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް މަރުކަޒުތަކާއި އިންޑޯ ކޮމްޕްލެކްސްތައް އެޅުމުގެ މަސައްކަތް ބާރުދުވެލީގައި
ރާއްޖޭގެ އެއްވެސް ރަށެއް ބާކީނުކޮށް، ކޮންމެ ރަށެއްގައި އެންމެ ޒަމާނީ ފެންވަރުގެ ފިޓްނަސް ރެކްރިއޭޝަން މަރުކަޒުތަކާއި އައުޓްޑޯ ޖިމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޚަބަރު 24 Jul 2026
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.
ޚަބަރު 24 Jul 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި
ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ޚަބަރު 24 Jul 2026