ރާއްޖޭގެ މާލީ އިސްލާހުތައް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަނެފި: ޒަމީރު

ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާ ގުޅިގެން، އެއީ ސަރުކާރުން އަޅަމުންދާ އިޤްތިސާދީ އިސްލާހީ ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި ލިބުނު ބޮޑު އިތުބާރެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، ފިޗް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާ ގުޅިގެން އިޤްތިސާދީ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ލީޑަޝިޕްގެ ދަށުން ތަންފީޒު ކުރަމުންދާ މާލީ އިސްލާހުތަކަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރައްވައި، ރައީސަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހަޅާފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއީ ސަރުކާރުގެ ބަޖެޓަށް ނުވަތަ ކޭޝްފްލޯގެ ބޭނުމަށް ހޯދާ ފައިސާއެއް ނޫން ކަމަށެވެ. މިއީ ސަރުކާރާއި ބީއެމްއެލް ގުޅިގެން، ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް، އިޤްތިސާދީ ކުރިއެރުން ހޯދުމަށް ރާވާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި މާލީ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ޒަމީރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ދަޢުލަތުގެ މާލީ ހަމަޖެހުން ގާއިމުކުރުމާއި، ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމުގެ އިތުރުން، ރައްޔިތުންނަށް ރަނގަޅު އާމްދަނީ ލިބޭނެ ވަޒީފާތައް އުފެއްދެވުން ކަމަށެވެ.

ދައުލަތުގެ މާލީ ޙާލަތު ހަމަ މަގަށް އަޅުވައި، ދަރަނި ދެއްކުމުގެ ޤާބިލްކަން ދެމެހެއްޓުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026