ލިންކެއް މެދުވެރިކޮށް އޯޓީޕީ ހޯދައިގެން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 23 Aug 2026

ޓެލެގްރާމް މެދުވެރިކޮށް ފޮނުވި ލިންކަކުން އޯޓީޕީ ހޯދައި، އެކައުންޓަކުން މަކަރާއި ހީލަތުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ ޒުވާނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް، މުޙައްމަދު ފަޒީލް (23އ) އަދި ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައަކީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން، ނޭނގޭ ޓްރާންސެކްޝަނެއް ހިންގައިގެން 92،000 ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް ކަމަށެވެ. މި މައްސަލަ މި ހިނގާ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ހިންގި ތަހުގީގުގެ ތެރެއިން، ފައިސާ ޖަމާކުރި އެކައުންޓުގެ ވެރިފަރާތާއި އަދި މިކަމުގައި ބައިވެރިވި އަނެއް މީހާ ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންދާއިރު، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އެއްވެސް ފަރާތަކަށް އޯޓީޕީ ކޯޑު ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އޮންލައިން ވިޔަފާރިތަކާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން މީހުންނާ ހިއްސާނުކުރުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 07 Oct 2026
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތްދީ، ޑޮލަރު ގަނެވިއްކާ މައްސަލައެއްގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފި
ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމާއި، ޤަވާޢިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ޚަބަރު 07 Oct 2026
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓް: 4 މީހެއްގެ ހާލު ސީރިއަސް، އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް!
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށާއި، އެކްސިޑެންޓްވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.
ޚަބަރު 07 Oct 2026
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއް ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ޑރ. މުޢިއްޒު: މިނިސްޓަރ ސަޢީދު
ދިވެހިރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވަޢުދުފުޅުތަކެއް އެއްކުރައްވައި ފޮތެއްގެ ސިފައިގައި ޝާއިޢުކުރައްވަން ކެރިވަޑައިގަތް ފުރަތަމަ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޚަބަރު 07 Oct 2026