މަގާމުން އެއްފަރާތްވީ ސިއްޙީ ސަބަބުތަކަށްޓަކައި، ރައީސް މުޢިއްޒާއެކު ހުރީ ސާބިތުކަމާއެކު: ޒަމީރު

ފިނޭންސް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ޕީއެންސީގެ ފިކުރާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވައިފިއެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، ވަޒީރުކަމުގެ މަގާމުން އެއްފަރާތްވެވަޑައިގަތުމަށް ނިންމެވީ ސިއްޙީ ހާލަތު ހުރިގޮތުން އެ މަގާމުގެ ބުރަ ޒިންމާތައް އުފުއްލެވުމަށް އުނދަގޫތަކެއް ހުރުމުން ކަމަށެވެ. އަދި ސިއްޙީ މައްސަލަތަކެއް ހުރެމެ މަގާމުގައި ދެމިހުރުމަކީ ޕާޓީއަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތް ނޫން ކަމަށް ގަބޫލުކުރައްވާތީ، ގާބިލު އާ ބޭފުޅުންނަށް ފުރުސަތު ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ހަ މަސްދުވަހަކީ ދުނިޔޭގެ އިގްތިސާދީ މަސްރަހަށް އައި ބަދަލުތަކާއެކު، ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ނުހަނު ބޮޑެތި ޒިންމާތަކެއް އުފުލަންޖެހުނު ދުވަސްތަކެކެވެ. ހާއްސަކޮށް ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހުނު މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ޒަމީރު ވިދާޅުވީ، ރައީސް މުއިއްޒު ގެންގުޅުއްވަނީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ ވަރުގަދަ ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އަދި އިސްލާމްދީނާއި، ގައުމިއްޔަތު ދިރުވައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި ޑީއާރުޕީން ފެށިގެން ޕީޕީއެމް އަދި ޕީއެންސީއާ ހަމައަށް އޮތީ އެއް ފިކުރެކެވެ. އަދި މިވަގުތު އެ ފިކުރުގެ އެންމެ އިސް ލީޑަރަކީ ރައީސް މުއިއްޒު ކަމަށްވާއިރު، މަގާމުގައި ނެތް ނަމަވެސް ޕާޓީ ކުރިއެރުވުމުގައި އެމަނިކުފާނާއެކު "ގަދަކޮށް" ހުންނަވާނެ ކަމުގެ ޔަގީންކަން ޒަމީރު ދެއްވިއެވެ.

"ޕާޓީއަށް ބޭނުންވާ ކޮންމެ ދުވަހަކު އަޅުގަނޑު ހުންނާނަން. އަޅުގަނޑު މިހުރީ ހަމަ ވަރަށް ގަދަކޮށް ރައީސް ޑރ. މުއިއްޒުއާއެކު،" ޒަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމަށްފަހު ސިޔާސީ ކަންކަމާ ކުޑަކޮށް ދުރަށް ޖެހިލެއްވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އުމުރުން ދުވަސްވަމުންދާއިރު އާ ލީޑަޝިޕަކަށް ފުރުސަތު ދިނުމަކީ ޕާޓީގެ ކުރިމަގަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ޕާޓީއަށް ޚިދުމަތް ކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026