ދިވެހިންނަށް ޚާއްޞަ ދާއިރާތަކުގައި ހަރަކާތްތެރިވި ބޭރުގެ 28 އިންވެސްޓްމަންޓް ކުންފުންޏެއް އުވާލައިފި

ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކޮށްފައިވާ އިންވެސްޓްމަންޓް ދާއިރާތަކުގައި ހަރަކާތްތެރިވަމުން ދިޔަ ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އުވާލުމަށް ކަނޑައަޅައި އިޢުލާނުކުރި ލިސްޓުގައި ހިމެނޭ 28 ކުންފުންޏެއް މިއަދު އުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކުރި ގޮތުގައި، މި ކުންފުނިތައް އުވާލާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 246 ވަނަ މާއްދާގެ ދަށުންނާއި، ޤަވާއިދު ނަންބަރު 2025/R-83 (ކުންފުނި އުވައިލުމަށް ރަޖިސްޓްރާރ ކަނޑައަޅާފައިވާ އިޖުރާއާތުތައް ބަޔާންކުރުމުގެ ޤަވާއިދު) ގައިވާ އެންމެހައި އިޖުރާއާތުތައް ފުރިހަމަކުރުމަށް ފަހުގައެވެ.

2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އެކުލަވާލެވުނު އިންވެސްޓްމަންޓް ޝަރުތުތަކުގައި، ދާއިރާތައް ވަނީ ތިން ބަޔަކަށް ބަހާލާފައެވެ. އެއީ ބޭރުގެ ފަރާތްތަކަށް ފުރިހަމަ މިލްކުވެރިކަން ލިބޭ ދާއިރާތަކާއި، ޖޮއިންޓް ވެންޗަރގެ ގޮތުގައި ހިންގޭ ދާއިރާތަކުގެ އިތުރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް މުޅިން ބަންދުކޮށްފައިވާ ދާއިރާތަކެވެ. މި ކެޓަގަރީތައް ކަނޑައަޅާފައިވަނީ ކެބިނެޓުގެ މަޝްވަރާތަކާއި ސިނާޢަތްތަކުގެ މަންދޫބުންނާއެކު ބޭއްވުނު ބައްދަލުވުންތަކަށް ފަހު، ޤައުމީ ސަލާމަތާއި، ދިވެހި ވިޔަފާރިތަކުގެ ޤާބިލުކަމަށް ބެލުމަށްފަހުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި ގޮތުގައި ދިވެހިންގެ ހުނަރާއި ތަޖުރިބާ ހުރި ދާއިރާތައް ހާއްސަކުރާނީ ދިވެހިންނަށެވެ. މީގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ކަނޑުދަތުރުފަތުރުގެ ޚިދުމަތްތައް، ބަންކަރިންގ ޚިދުމަތް، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް އަދި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ.

މީގެ ކުރިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައި އޮތް ދާއިރާތަކުގެ ތެރެއިން މިހާރު ގިންތި ބަދަލުކުރެވިފައިވާ ދާއިރާތަކުގައި މިހާރުވެސް ހަރަކާތްތެރިވާ އިންވެސްޓަރުންނަށް ޓްރާންސިޝަން މުއްދަތެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މުއްދަތު އިންވެސްޓްމަންޓްގެ ކުޑަބޮޑުމިނަށް ބަލައި 1 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބަޔާންކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ދިވެހިންގެ ތަޖުރިބާ މަދު ދާއިރާތަކުން ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދިނުން ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026