ޤަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ޤަވާއިދާ ޚިލާފަށް އުޅުނު 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ހ ހަޅަ
ޚަބަރު 18 Aug 2024

ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅުނު 2 ތަނެއް ބަލާ ފާސްކޮށް 22 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިއީ އިމިގްރޭޝަން ވޮޗްއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ބަލާފާސްކުރި ތަންތަނެވެ.

އިމިގްރޭޝަނުން ވިދާޅުވީ މާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭގޮތުން އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން ހޮނިހިރު ދުވަހު ހެނދުނު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ގ.ހީނާމާގެ ޕާކިން ސަރަހައްދު ބަލައި ފާސްކުރުމުގެ ތެރޭގައި ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެއިތުރުން މާފަންނު ސަރަހައްދުގައި، ބިދޭސީން ދިރިއުޅެމުންދާ އެކޮމަޑޭޝަން ބްލޮކެއްގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން ހިއްސާކުރުމާއި ގުޅިގެން އެތަން ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗްގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް ތަޢާރަފްކޮށްފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރެވުނު މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026