މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތްކަމަށް ހުށަހަޅައިފި

ހ ހަޅަ
ޚަބަރު 14 May 2026

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އިތުބާރު ނެތްކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައި ވަނީ، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޤަރާރެއް މަޖިލީހުގެ އިދާރާ އަަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުން ބުނެފައިވެއެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރައީސްގެ އެ ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު އެވެ. ނަމަވެސް އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް ނުވަތަ ނައިބު ރައީސްކަމުން ވަކިކުރަން އުޅޭ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީ އިން ވެސް އޭނާ ވަކިކޮށްފަ އެވެ. މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް މިހާރު ވަނީ އޭނާ ބޭރުކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އަޅުގަނޑުމެންގެ ދަރިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ވަޒީރު ހީނާ
އަޅުގަނޑުމެންގެ ދަރިންނަށް ދިވެހިބަހުން ވާހަކަދައްކަން ނޭނގުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެއް: ވަޒީރު ހީނާ
ވަޒީރު ހީނާ ވިދާޅުވީ، ކުޑަކުދިންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި މަސައްކަތްކުރާ ބައެއްކަމުގައި އަޅުގަނޑުމެން އެންމެން ވާންޖެހޭ ކަމަށެވެ. އަދި ދިވެހިބަސް ދިރުވާ އާލާކުރުމަށްޓަކައި، ކުޑަކުދިންގެ ހިތްތަކުގައި ބަހާއި ސަގާފަތަށް ލޯބިޖެއްސޭނީ މިއަދު މައިންބަފައިން ކުރާ މަސައްކަތުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަބަރު 14 May 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކުރާ އިލްތިމާސް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކުރާ އިލްތިމާސް
އަދި ރޭގަނޑު ދަތުރު ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ. މީގެއިތުރުން ޑައިވިންގ އަދި ވޯޓަރ ސްޕޯރޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ. އަދި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރީދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
ޚަބަރު 14 May 2026
ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި
ފޮރިން މިނިސްޓަރ އިރުތިޝާމް އާދަމް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފި
މި ދަތުރުފުޅުގައި، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި މިނިސްޓަރ އިރުތިޝާމް އާދަމް ބައްދަލުކުރެއްވެވިއެވެ.
ޚަބަރު 14 May 2026
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ދިވެހިރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ޚަބަރު 14 May 2026