ސިޔާސީ މަސްރަހުގައި "ބޯވަ" އެއްގެ ސިފަ: ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ ނަޝީދުގެ އައު އުކުޅެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއެކު، އެމަނިކުފާނުގެ ސިޔާސީ "ދެފުއްކެހެރި" ސިޔާސަތުތަކަށް އާންމުންގެ ފާޑުކިޔުން އަމާޒުވާން ފަށައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ނަޝީދު މިހެން ވިދާޅުވީ، ކެމްޕޭނަށް ށ. ފޭދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ރައީސްކަމާއި، މަޖިލިސް ރައީސްކަމުގެ އިތުރުން ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނެރަލްކަން ވެސް މިހާރު ކުރެއްވިއްޖެ ކަމަށެވެ. އަދި ދެން ބޭނުންވަނީ ފައްޔާޒް އިސްމާއިލް ފަދަ "ޒުވާން" ބޭފުޅުންނަށް ފުރުސަތު ދެއްވައި، އަމިއްލަފުޅަށް "މުގުލުގައި" ހުންނަވަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، މިއީ ސިޔާސީ ގޮތުން ނަޝީދު އަބަދުވެސް ކުޅުއްވާ އުކުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ސަބަބަކީ ވާދަނުކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު، "ބޮޑު ބަދަލު" ގެ ނަމުގައި ވެރިކަމުގެ ނިޒާމު މަސްހުނިކޮށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތު އަމިއްލަފުޅަށް ފަހިކުރައްވަން އުޅުއްވާތީއެވެ.

މާޒީއަށް ބަލާއިރު ނަޝީދަކީ ދައްކަވާ ވާހަކަފުޅާއި ޢަމަލާ ދިމާނުވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. މީގެ ކުރިން 2018 ވަނަ އަހަރުވެސް "އަޅުގަނޑު ވާދައެއް ނުކުރާނަމޭ" ވިދާޅުވުމަށްފަހު، ޕްރައިމަރީގައި ވާދަކުރައްވައި، ފަހު ވަގުތު ކަންތައްތައް ބަދަލުކުރެއްވި މަންޒަރު ވަނީ ފެނިފައެވެ. މިފަހަރުވެސް ޒުވާނުންނަށް ފުރުސަތު ދޭ ވާހަކަ ދައްކަވާއިރު، އަދިވެސް ޕާޓީގެ އެންމެ މަތީ ބާރުތައް އަތްޕުޅަށް ނަންގަވައިގެން މުގުލުގައި ހުންނަވަން އުޅުއްވުމަކީ އެމަނިކުފާނުގެ ދެފުއްކެހެރިކަން ހާމަވާ ކަމެކެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި ނަޝީދާއި ފައްޔާޒް ހުށަހަޅުއްވާފައިވާ ނިޒާމަކީ ދައުލަތުގެ ބާރުތައް ބައިބައިކޮށް، ގައުމުގެ ހަމަޖެހުން ނަގާލުމަށް ބާރުދޭ ކަމެއްގެ ގޮތުގައި ސިޔާސީ މާހުރިން ދެކެއެވެ. ނަޝީދު ވަނީ މި ބަދަލާއެކު ދައުލަތުގެ ވެރިޔަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިއީ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު، އެހެން ދޮރަކުން ވެރިކަމުގެ ބާރުތައް ހޯއްދެވުމަށް ކުރައްވާ މަސައްކަތެއްކަން ސާފުވެއެވެ.

އަންނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވަމުންދާއިރު، ނަޝީދުގެ މި އައު އުކުޅުތަކުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވެއެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ގައުމުގެ ތަރައްޤީއަށާއި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް، ނަޝީދު މިފަދަ ނިޒާމުތަކުގެ ވާހަކަ ދައްކަވަނީ އަމިއްލަ އެދުން އިސްކުރައްވައިގެން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026