ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު.
ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު.

ހިންމަފުށީގައި އަލަށް ތަރައްޤީކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ޖާގައިގެ މައްސަލަ ހައްލުވާނެ: ސްޓޭޓް މިނިސްޓަރ ޞިއްދީޤު

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ. ޑްރަގުގެ ފަރުވާއަށް މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ތަނުގެ ޖާގައިގެ މައްސަލަ ކަމަށާއި، ނަމަވެސް ކ. ހިންމަފުށީގައި އަލަށް އިމާރާތް ކުރެވޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރާއެކު މި މައްސަލަ ހައްލުވާނެ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޞިއްދީޤު ފާހަގަކުރެއްވީ، ޑްރަގުގެ ފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި މި އައު އިމާރާތް ނިމުމާއެކު، ފަރުވާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެވޭނީ އެންމެ އެކަށީގެންވާ ފުރިހަމަ ފަރުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ ޞިއްދީޤު ވިދާޅުވީ، މި އިމާރާތް ނިމުމާއެކު މި ސަރުކާރުން ރައްޔިތުންނަށް މަސައްކަތްތަކެއް ކޮށްދީފިކަން ރައްޔިތުންނަށް އިހުސާސް ކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުން އަމަލީ ގޮތުން މަސައްކަތް ކޮށްގެން ރައްޔިތުންނަށް އިހުސާސްވާ ކަންތައްތަކެއް ކޮށްގެން ނަތީޖާ ނެރެވޭކަން ފެންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންމަފުށީގައި އަލަށް ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފެށިގެން އައީ ވަރަށް ބުރަ އަދި އެހާމެ ގޮންޖެހުންތަކާ އެކުގައި ކަމަށް ވެސް ސްޓޭޓް މިނިސްޓަރ ޞިއްދީޤު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ޒުވާނުންނަށް މިތަނުން ރަނގަޅު ފަރުވާ ލިބި، ހެޔޮލަފާ ދަރިންތަކެއްގެ ގޮތުގައި މުޖުތަމަޢަށް ނިކުތުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރާ އުންމީދެއް. ޑްރަގުގެ މައްސަލައަކީ މިޖުތަމަޢުގަ އޮތް އެންމެ ބޮޑު އެއް މައްސަލަ. މި މައްސަލައަށް ހައްލު ހޯދުމަށްޓަކައި މިއަދު މި ފެށި ދަތުރު އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ." ސްޓޭޓް މިނިސްޓަރ ޞިއްދީޤު ވިދާޅުވިއެވެ.

މި އިމާރާތުގެ މަޝްރޫޢަކީ 5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ. 500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި އިމާރާތުގެ ބޮޑުބައި އަޅަން ނިންމާފައި ވަނީ މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައެވެ.

އަލަށް ހަދާ ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެއެވެ. ހިންމަފުށީގައި މިހާރު ހުރި އިމާރާތަކީ 174 މީހުންނަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ. މި އައު އިމާރާތާއެކު މި މައްސަލައަށް ހައްލެއް ލިބި، ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ފޯރުކޮށްދެވޭނެކަމަށް އުންމީދު ކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026