މިދިޔަ ޖޫން މަހު އެމްޕީއެލްގެ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތުން 335 ޓަނުގެ މުދާ ބޭރުކޮށްފި

އ އައިމިނަތުު މުޙައްމަދު
ޚަބަރު 07 Jul 2026

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދެމުންދާ "ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތަށް ބޮޑު ކުރިއެރުމެއް ލިބި، މިދިޔަ ޖޫން މަހު އެކަނިވެސް 335 ޓަނަށްވުރެ ގިނަ މުދާ ރާއްޖެއިން ބޭރަށް ފޮނުވައިފި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖޫން މަހު ޖުމްލަ 65 ޓީއީޔޫގެ ކޮންޓޭނަރު މުދާ ވަނީ މި ޚިދުމަތުގެ ދަށުން ޕްރޮސެސްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 102 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު މި ޚިދުމަތް މެދުވެރިކޮށް ފޮނުވާފައިވަނީ 162 ޓަނުގެ މުދަލެވެ.

މިދިޔަ މަހު މި މުދާތައް ބޭރުގެ ހަތް ގައުމަކަށް ފޮނުވާފައިވަނީ ބައިނަލްއަގުވާމީ ހަތަރު އެއާލައިނެއް މެދުވެރިކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، ސައުދިއާ އަދި އެމިރޭޓްސް އެވެ.

"ސީ-ޓު-އެއާ" ކާގޯގެ ޚިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ވައިގެ މަގުން ދުނިޔޭގެ އެކި ހިސާބުތަކަށް އަވަހަށް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މެއި މަހު، އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.

އެމްޕީއެލްއިން ފާހަގަކުރި ގޮތުގައި، މި ޚިދުމަތަށް ލިބެމުންދާ ކުރިއެރުމަކީ ބައިނަލްއަގުވާމީ ލޮޖިސްޓިކްސް ދާއިރާގައި ރާއްޖޭގެ ދައުރު ފުޅާވަމުންދާކަމުގެ ހެއްކެކެވެ. އަދި ރާއްޖެ އޮތް ސަރަހައްދާއި، ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ އެއާލައިންތައް ރާއްޖެއަށް ދަތުރުކުރުމަކީ މި ޚިދުމަތް އިތުރަށް ތަރައްގީކޮށް، ރާއްޖެއަކީ ސަރަހައްދީ ލޮޖިސްޓިކްސް ހަބަކަށް ހެދުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ދިވެހި ވަޠަނީ ޚިދުމަތަށް މިއަދަށް އެއް އަހަރު؛ ސަރުކާރުގެ ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިއްޖެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ވަޠަނީ ޚިދުމަތުގެ ކާމިޔާބު ޙަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރައްވަމުން، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ޙާޞިލުކުރެވިފައިވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި މި ފާއިތުވެދިޔަ އެއް އަހަރު ވެގެންދިޔައީ، ޒުވާނުންނަށްޓަކައި، ދިވެހި ވަޠަނީ ޚިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު 1 އަހަރަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު 01 Oct 2026
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް އެކްސްޗޭންޖް ލިމިޓެޑް" ގެ ނަމުގައި ސަރުކާރު ކުންފުންޏެއް މިއަދު އުފައްދަވައިފި
މިއީ ސަރުކާރުގެ މާލީ ބޭނުންތަކާއި އިސްލާމީ މާލީ ދާއިރާ ފުޅާވަމުންދާއިރު، ސަރުކާރުގެ އެހީތެރިކަމާއެކު ދެވަނަ ޙިއްޞާގެ ބާޒާރެއް ކުރިޔަށް ގެންދިޔުމަށް ޓަކައި 100 ޕަސެންޓު ސަރުކާރު ހިއްސާވާގޮތަށް އުފައްދަވާފައިވާ ކުންފުންޏެކެވެ.
ޚަބަރު 01 Oct 2026
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރެސިޑެންސީ ޕްރޮގްރާމްގެ އެއްބަސްވުން މަޖިލީހަށް ފޮނުވުމަށް ނަޝީދު ގޮވާލައްވައިފި
ރާއްޖޭގައި ރެސިޑެންސީ ޕްރޮގްރާމެއް ހިންގުމަކީ އުސޫލީ ގޮތުން ރަނގަޅު ކަމެއް ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޚަބަރު 29 Sep 2026
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް 99 އަހަރަށް ދޭން ފާސްކުރީ ރައީސް ޔާމީންގެ ވެރިކަމުގައި: ބަންޑާރަނައިބު އުޝާމް
ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް ބަދަލުކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ސަރުކާރުން ޤައުމު ވިއްކާލުމުގައި ބައިވެރިވާ ކަމަށާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށް ވިދާޅުވެ، މިނިސްޓަރ މުއްޠަލިބާއި ބަންޑާރަނައިބު އުޝާމަށް ރައީސް ޔާމީން ދެއްވި އިންޒާރަށް ރައްދު ދެއްވަމުންނެވެ.
ޚަބަރު 29 Sep 2026