ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް 7 ބޭފުޅަކު އައްޔަންކޮށްފި

ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައު މެންބަރުން އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ އާއި މިއަދު ވަނީ މި އައްޔަންކުރުންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)
ބީސީސީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ސ. ހިތަދޫ، މީނާޒް، އީނާސް ނަޞީރުއެވެ. އީނާސް އަކީ ފައިނޭންސް ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި، ޔޫކޭގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން އެމްބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައެވެ.

Uploaded image

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)
މި ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރީ ހއ. ތަކަންދޫ، ރަތްވިލާގެ، ހުސައިން އަބްދުލްވާހިދުއެވެ. އެކައުންޓިން އަދި ފިނޭންސް ދާއިރާއިން 17 އަހަރުގެ ތަޖުރިބާ ހުރި ހުސައިން ވަނީ ޔޫކޭއިން އޭސީސީއޭ (ACCA) އަދި އެމްބީއޭ ހާސިލްކުރައްވާފައެވެ. އޭނާ މިހާރު މަސައްކަތް ކުރައްވަނީ ފައިނޭންސް މިނިސްޓްރީގެ އެކައުންޓެންޓެއްގެ މަގާމުގައެވެ.

Uploaded image

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)
މިފްކޯގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ސ. ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީއެވެ. ޗައިނާގެ ބެއިޖިންގއިން އިކޮނޮމިކްސްގެ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވާފައިވާ ޣާޒިޔާ އަކީ އޭސީސީއޭ މެންބަރެއްވެސް މެއެވެ. އޭނާ މިހާރު ހުންނެވީ ފައިނޭންސް މިނިސްޓްރީގެ ހެޑް އޮފް ޑެޓް މެނޭޖުމަންޓްގެ މަގާމުގައެވެ.

Uploaded image

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)
އެފްޑީސީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ މއ. ޝާހީން، ޢަބްދުﷲ ޔާމީންއެވެ. ޔާމީން ބޯޑަށް އައްޔަންކުރެއްވީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.

Uploaded image

އައިލެންޑް އޭވިއޭޝަން ސަރވިސަސް (އައިއޭއެސް)
ޤައުމީ އެއާލައިން ހިންގާ ކުންފުނީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމްއެވެ. މަޢީޝާ އައްޔަންކުރައްވާފައިވަނީ އެކައުންޓިން އަދި ފިނޭންސް ދާއިރާގެ މެންބަރެއްގެ ގޮތުގައެވެ.

Uploaded image

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)
އެޗްޑީސީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާއެވެ. ޝާހިދުވެސް ބޯޑަށް އައްޔަންކުރެއްވީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާ ތަމްސީލުކުރެއްވުމަށެވެ.

Uploaded image

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
ޙައްޖު ކޯޕަރޭޝަންގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ ގ. ބާނީ، އަޙްމަދު މާޒިންއެވެ. މާޒިން ބޯޑަށް އައްޔަންކުރެއްވީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.

Uploaded image

މި އައްޔަންކުރުންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ފަންނީ ބޭފުޅުންގެ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ބޯޑުތަކަށް އައްޔަންކުރެވުނު ގިނަ ބޭފުޅުންނަކީ މިހާރުވެސް ދައުލަތުގެ މުހިންމު މަގާމުތަކުގައި ތިއްބެވި، ތަޢުލީމީ ގޮތުން ގާބިލު ބޭފުޅުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026