މާލެއެކޭ އެއްފަދަ 'ޔޫތު ހަބް' ތަކާއި ސޯޝަލް ސެންޓަރުތައް އަތޮޅުތެރޭގައިވެސް ގާއިމުކުރަނީ

އ އައިމިނަތުު މުޙައްމަދު
ޚަބަރު 24 Jul 2026

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުން، މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓަށް ރާއްޖޭގެ އެކި ސިޓީތަކާއި އަތޮޅުތަކުގައި ޒަމާނީ 'ޔޫތު ހަބް' ތައް ގާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވުމަށް ފެއްޓެވި މި ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ، މާލޭގެ އިތުރުން އެކި ސިޓީތަކުގައި މިފަދަ ޒުވާނުންގެ މަރުކަޒުތައް ހެދުމަށް މިހާރު އެގްރީމަންޓްތަކުގައި ސޮއިކޮށް، ފައިސާ ހަމަޖައްސައި، އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ. މީގެ އިތުރުން މާލެއެކޭ އެއްފަދައިން ހުޅުމާލޭގައިވެސް މިފަދަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ސޯޝަލް ސެންޓަރަކީ ގިނަ އަދަދެއްގެ ޒުވާނުން ކުޅިވަރާއި އެކި ހަރަކާތްތަކަށް ބޭނުންކުރާ މަޝްހޫރު ތަނަކަށްވާއިރު، މިފަދަ ވަސީލަތްތައް ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އަތޮޅުތެރޭގައިވެސް މިފަދަ މަރުކަޒުތައް ހުންނަންޖެހޭނެއެވެ. މިގޮތުން މި ދައުރުގެ ތެރޭގައި އާބާދީ ބޮޑު 25 ރަށެއްގައި މިފަދަ ސޯޝަލް ސެންޓަރުގެ ކޮންސެޕްޓްގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެެއްގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުގެ އިތުރުން ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ޚަބަރު 10 Sep 2026
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ސަރުކާރުން މިފަހަރު ހުޅުވާލާފައިވާ ހައުސިން ސްކީމަކީ ދެފުއްފެންނަ، އިންސާފުވެރި ސްކީމަކަށްވާނެކަމުގެ ޔަގީންކަން އެބައޮތް: ރައީސް
ރައްޔިތުންގެ ބައްދަލުވުމުގެ މި ހަފުތާ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރި ގިނަ އާންމުންގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ގެދޮރުވެރިކަމުގެ ދަތިތަކެވެ. މިގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުންނާއި މީގެ ކުރިން ހިންގި މަޝްރޫޢުތަކުން ބޯހިޔާވަހިކަން ލިބޭގޮތް ނުވުމުގެ ކަންބޮޑުވުންތައް ވަނީ އެމަނިކުފާނާ ހިއްސާކޮށްފައެވެ. މި ޝަކުވާތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޕޮއިންޓް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަނީ އެންމެ އެކަށޭނަ، ހައްގުވެރި ފަރާތްތަކަށް ފުރުސަތު ކަށަވަރުވާނޭ ފަދަ އުސޫލަކުން ކަމަށެވެ.
ޚަބަރު 10 Sep 2026
އިންޖިނިއަރިން ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އެވޯޑު ދީފި
އިންޖިނިއަރިން ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަންކޮށް އެވޯޑު ދީފި
ޚަބަރު 10 Sep 2026
ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި
ހުޅުމާލެ ބޮޑު މިސްކިތުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އައްރާޖިޙީ ކުންފުންޏާއި މަޝްވަރާކޮށްފި
މިއަދު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވާފައެވެ. އަދި އެ ކުންފުނީގެ ފަރާތުން ބައިވެރިވެލެއްވީ، ޗީފް އެގްޒެކްޓިވް އޮފިސަރ، ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ. މި ބައްދަލުކުރެއްވުމުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ދެެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިސްކިތުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެެއްވާފައެވެ.
ޚަބަރު 10 Sep 2026