އިސްރާއީލުން ބެއިރޫޓުގައި ހުރި ހިޒްބުﷲގެ ކޮމާންޑަރެއް މަރާލައި، އިތުރު އެއަރ ސްޓްރައިކްތައް ދޭނެކަމަށް ބުނެފި

އިސްރާއީލުން ބެއިރޫޓުގައި ހުރި ހިޒްބުﷲގެ ކޮމާންޑަރެއް މަރާލައި، އިތުރު އެއަރ ސްޓްރައިކްތައް ދޭނެކަމަށް ބުނެފި

ހ ހަޅަ
ދުނިޔެ 24 Sep 2024

ބެއިރޫޓު/ޖެރޫސަލަމް، 24 ސެޕްޓެމްބަރ (ރޮއިޓަރސް) - އަންގާރަ ދުވަހު ބެއިރޫޓުގައި އިސްރާއީލުން ކުރި އެއަރ ސްޓްރައިކެއްގައި ހިޒްބުﷲގެ އިސް ކޮމާންޑަރެއް މަރުވެއްޖެއެވެ.

މިއީ ލުބުނާނުގެ މިލިޓަންޓް ގްރޫޕަށް ލިބުނު އިތުރު ނިކަމެތިކަމެކެވެ. އަދި ދެފަރާތުން ބޯޑަރު ހުރަސްކޮށް ކުރަމުންދާ ރޮކެޓް ހަމަލާތައް އިތުރުވުމާއެކު، މެދުއިރުމަތީގައި ފުރިހަމަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އިތުރުވެއްޖެއެވެ.

އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫޓަށް ދިން އެއަރ ސްޓްރައިކްގައި އިބްރާހިމް ޤުބައިސީ މަރުވެފައިވާ ކަމަށެވެ. އޭނާއަކީ ހިޒްބުﷲގެ މިސައިލް އަދި ރޮކެޓް ބާރުގެ ކޮމާންޑަރު ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. ލުބުނާނުގެ ދެ ސެކިއުރިޓީ މަސްދަރަކުން ބުނެފައިވަނީ އޭނާއަކީ އީރާނުގެ ބާރު ލިބިގެންވާ އެ ގްރޫޕުގެ ރޮކެޓް ޑިވިޜަންގެ އިސް ފަރާތެއް ކަމަށެވެ.

އޭގެ ފަހުން އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ އެއަރ ފޯސްއިން ދެކުނު ލުބުނާނުގެ އެކި ސަރަހައްދުތަކުގައި ހުރި ހިޒްބުﷲގެ އަމާޒުތަކަށް ފުޅާ ދާއިރާއެއްގައި ހަމަލާދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހަތިޔާރު ރައްކްކާކުރާ ތަންތަނާއި އިސްރާއީލުގެ ސަރަހައްދަށް އަމާޒުކޮށްފައިވާ އެތައް ލޯންޗަރެއް ހިމެނެއެވެ.

މިއަދުގެ ހިޒްބުﷲއަކީ އަހަރެމެންނަށް އެއް ހަފުތާ ކުރިން އެނގުނު ހިޒްބުﷲއެއް ނޫން. އެ ގްރޫޕުގެ ކޮމާންޑް އެންޑް ކޮންޓްރޯލް، ފައައިޓަރުން، އަދި ހަނގުރާމަކުރުމުގެ ވަސީލަތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި، އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް ވިދާޅުވިއެވެ. އަދި މި ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށްވެސް އިތުރުކުރެއްވިއެވެ.

މި ހުރިހާ އެއްޗަކީވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް، އޭނާ އިސްރާއީލުގެ ސިފައިންނާ މުޚާތަބުކޮށް ވިދާޅުވިއެވެ.

ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ މި އާ ހަމަލާއާއެކު، ގާޒާގައި އިސްރާއީލާއި މިލިޓަންޓް ފަލަސްތީނު ގްރޫޕު ހަމާސްއާ ދެމެދު ގާތްގަނޑަކަށް އަހަރެއްވަންދެން ހިނގަމުންދާ ހަނގުރާމަ ގޮވައިގެން ގޮސް، ތެޔޮ އުފައްދާ މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލައިފާނެކަމުގެ ބިރު އިތުރުވެއްޖެއެވެ.

އިސްރާއީލުން މިހާރު އަމާޒު ހިފަމުންދަނީ ގާޒާއިން އުތުރު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ހިޒްބުﷲއިން ވަނީ ހަމާސްއަށް އެހީތެރިވުމުގެ ގޮތުން އިސްރާއީލަށް ރޮކެޓް ދޫކުރަމުންނެވެ. ހަމާސްއަކީވެސް އީރާނުގެ ބާރު ލިބިގެންވާ ގްރޫޕެކެވެ.އިސްރާއީލުގެ ހަނގުރާމައިގެ އިސްކަންދޭ ކަމަކަށް ވެފައިވަނީ އުތުރު ބޯޑަރު ސަލާމަތްކުރުމާއި، އެ ސަރަހައްދުން ފުރައިގެން ދިޔަ މީހުން އަނބުރާ ގެނައުމެވެ. މިކަމުން ދިގު މުއްދަތެއްގެ ހަނގުރާމައަކަށް މަގުފަހިވެއްޖެއެވެ. ނަމަވެސް ހިޒްބުﷲއިން ބުނެފައިވަނީ ގާޒާގައި ހަނގުރާމަ ހުއްޓުމަކަށް ނާންނަނީސް އެމީހުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މި ދެމެދު، އދ. ގައި ހުންނަ އިސްރާއީލުގެ ސަފީރު ޑެނީ ޑެނޮން ވިދާޅުވެފައިވަނީ ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ މަޑުޖައްސާލުމަށް ހުށަހެޅޭ ޚިޔާލުތަކާމެދު އިސްރާއީލުން ހުޅުވިފައިވާ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އަހަރެމެން އެއްވެސް ތަނަކަށް އެއްގަމު ހަމަލާއެއް ދޭކަށް ބޭނުމެއް ނޫން... އަހަރެމެން އިސްކަންދެނީ ޑިޕްލޮމެޓިކް ހައްލަކަށް، އޭނާ ނޫސްވެރިންނަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
ނަޝީދު އެމްޑީޕީގެ ބާރުގެ މުގުލަށް – މިއީ ޕާޓީގެ ކުރިއެރުމެއްތަ؟ ނޫނީ ނިމުމުގެ ފެށުމެއްތަ؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމި، ޕާޓީގެ ޗެއަރޕާސަންގެ މަޤާމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިންތިޚާބުވުމާއެކު، އެ ޕާޓީގެ "އެތެރެ ފަނިވެފައިވާ" މިންވަރު މުޅި ޤައުމަށް ހާމަވެގެން ގޮސްފިއެވެ.
ރިޕޯޓް 13 Jun 2026
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސްކަން ޕީއެންސީގެ ސުހާ ކާމިޔާބުކުރައްވައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އެ ރަށު ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދައިފިއެވެ.
ޚަބަރު 13 Jun 2026
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ކޮރަޕްޝަން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް: މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު
ދައުލަތުގެ އިދާރާތަކުން ކޮރަޕްޝަން ނައްތާލައި، ނަޒާހަތްތެރިކަން ގާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ސިވިލް ސާވަންޓުންނަށް ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޚަބަރު 13 Jun 2026
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ ވަޒީރު އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގެ އެއަރ ސްޓޭޝަނަށް ޒިޔާރަތްކުރައްވައިފި
ދިފާޢީ އަދި ވަތަނީ ޚިދުމަތާބެހޭ ވަޒީރު އޮނަރަބަލް ޙަސަން ރަޝީދު، އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޮމާންޑުގައި ޤާއިމްކޮށްފައިވާ އެއަރ ސްޓޭޝަނަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޚަބަރު 13 Jun 2026