ފޮޓޯ: ކިއުޓެކް
ފޮޓޯ: ކިއުޓެކް

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން މާފަންނު އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރަށް ބަދަލުކޮށްފި

ދަމަނަވެށީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށްދާތީ، އެ މަރުކަޒުން ފޯރުކޮށްދެމުން އަންނަ ހުރިހާ ޚިދުމަތްތަކެއް ވަގުތީގޮތުން މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރަށް ބަދަލުކުރުމަށް ނިންމައިފިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދަމަނަވެށީގެ އިމާރާތުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި އާންމުންނަށް ދަތިނުވާނޭހެން ޚިދުމަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، 1 ޖޫން 2026 އިން ފެށިގެން އެ މަރުކަޒުގެ އެންމެހާ ޚިދުމަތްތައް އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރު (މާފަންނު) އިން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

މި ބަދަލާއެކު، ދަމަނަވެށިން އާންމުކޮށް ދެމުންގެންދާ ވެކްސިން ޖެހުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި، އަދި އެހެނިހެން ސިއްހީ ލަފާދިނުމުގެ ޚިދުމަތްތައް ދެން ލިބިގެންދާނީ މާފަންނުގައި ހުންނަ މި ސެންޓަރުންނެވެ. މިގޮތަށް ބަދަލުކުރަން ޖެހުނީ ދަމަނަވެށީގެ މިހާރުގެ އިމާރާތަކީ ދުވަސްވީ އިމާރާތަކަށްވެފައި، އެތަނުގެ އާބާތުރަ ފިލުވައި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާތީއެވެ.

އައިޖީއެމްއެޗުން އިތުރަށް ވިދާޅުވީ، މި ބަދަލުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، ޚިދުމަތް ހޯއްދަވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން، ޚިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ދަމަނަވެށީގެ ނަންބަރުތަކުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ބައިވެރިން ތަމްރީންތައް ފުރިހަމަކުރުމަށް ފުރައިފި
ބ.ކިހާދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސް ގައި 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ފަންނީ ތަމްރީނު ޕްރޮގްރާމުގައި، ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުންނެވެ.
ޚަބަރު 13 Oct 2026
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ސިފައިންގެ 75ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
މިކަމަށް ޓަކައި އޮކްޓޫބަރު 12ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
ޚަބަރު 13 Oct 2026
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
1448 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު އުމުރުން 70 އަހަރުން މަތީގެ 324 ފަރާތަކަށް އަރުވަނީ
މި ނިންމެވުމުގެ މަޤްޞަދަކީ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތަށް އެދި ދިގު މުއްދަތަކަށް އިންތިޒާރުކުރަމުންދާ އުމުރުން ދުވަސްވީ މީހުން އެ މާތް އަޅުކަން އަދާކުރުމުގެ މަގު ފަހިކޮށްދެއްވުމެވެ.
ޚަބަރު 12 Oct 2026