އިސްރާއީލުން ލުބުނާނަށް ވަންނަން ނިންމުމުން ތެލުގެ އަގު 2 ޕަސެންޓަށް ވުރެ މައްޗަށް ގޮސްފި

ހ ހުސައިން އިސްމާއިލް
ދުނިޔެ 01 Jun 2026

މީގެ ހަ ހަފްތާއަށް ވުރެ ގިނަ ދުވަސް ކުރިން ހަނގުރާމަ ހުއްޓާލުމުގެ އިއުލާން ކުރި ނަމަވެސް، އީރާނުގެ ތާއީދު އޮންނަ ހިޒްބުالله ހަނގުރާމަވެރި ޖަމާއަތާ އެކު ކުރި ހަނގުރާމައިގައި އިސްރާއީލުން ލުބުނާނަށް އިތުރަށް ވަނުމަށް އިސްރާއީލުން އަމުރު ކުރުމުން ހޯމަ ދުވަހުގެ ވިޔަފާރީގެ ކުރީކޮޅު ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް ގޮސްފި އެވެ.

އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއް 2.37 ޑޮލަރު ނުވަތަ %2.71 އިތުރުވެ 89.73 ޑޮލަރަށް ވަނީ އިތުރުވެފައެވެ. ބްރެންޓްގެ ފިއުޗަރސް ފީފާއެއްގެ އަގު 2.16 ޑޮލަރު ނުވަތަ %2.37 އިތުރުވެ 93.28 ޑޮލަރަށް އަރާފައިވެއެވެ.

ހުކުރު ދުވަހު ވޮޝިންޓަންގައި އިސްރާއީލާއި ލުބުނާނުގެ ސުލްހައިގެ މަޝްވަރާތައް އެމެރިކާއިން ބާއްވާތާ މާގިނައިރުތަކެއް ނުވެ، އެމެރިކާއާއި އީރާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރާނެ ކަމަށް ވަރަށް އަވަހަށް އިއުލާން ކުރެވިދާނެ ކަމަށް އުންމީދުތައް ފަނޑުވެގެން ދިޔައެވެ.

އިސްރާއީލާއި ލުބުނާނުގެ މައްސަލައަކީ އީރާން ހަނގުރާމައިގެ އެންމެ ފުޅާ ދާއިރާއެއްގައި އުފެދުނު މައްސަލަ އެވެ. އެއީ މާޗް މަހުގެ ދެވަނަ ދުވަހު ހިޒްބުالله އިން ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ރޮކެޓާއި ޑްރޯން ޖަހަން ފެށުމުން އެގައުމުގެ އެކުވެރި އީރާނަށް ތާއީދު ކުރުމުންނެވެ.

އެޕްރީލް މަހުގެ މެދުތެރޭގައި ދެ ފަރާތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް އެ ދެ ފަރާތުން ވަނީ ހަނގުރާމަ ކުރިއަށް ގެންގޮސްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވީ އޭޕްރީލް މަހުގެ ކުރީކޮޅު އިއުލާންކުރި އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވާ އެއްބަސްވުމަކާ މެދު ވަރަށް އަވަހަށް ނިންމާނެ ކަމަށާއި، މުއާމަލާތްކުރާ ފަރާތްތަކަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށެވެ. މިފަދަ ކޮންމެ އެއްބަސްވުމެއްގެ ތަޅުދަނޑިއަކަށް ވާނީ އިސްރާއީލު ކަމަށާއި، އީރާނުން ވެސް ވަނީ ތަކުރާރުކޮށް ⁠ހިޒްބުالله ހިމަނަން ޖެހޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ތެލާއި ގޭސް ޝިޕިން ލޭން ސްޓްރެއިޓް އޮފް ހޯރމޫޒްގައި ހުންނަ މައިންތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުން އަންނަ ކަމަށް އައިޖީއެމްގެ އެނަލިސްޓް ޓޯނީ ސައިކަމޯރ އިން ނެރުނު ނޯޓެއްގައި ބުނެފައިވެ އެވެ. އެއީ ސްޓްރެއިޓް އަލުން ހުޅުވުމުގެ މަރުހަލާ ލަސްވެ، ތެލުގެ ބާޒާރު އަލުން ހުޅުވި ފަހުން ވެސް ތެލުގެ ބާޒާރަށް ލުއި ލިބޭ މިންވަރު މަޑުމަޑުން ކަމަށް ވެދާނެ އެވެ.

އެކްސިއޯސްގެ ރިޕޯޓަރަކު ހުކުރު ދުވަހު އެކްސްގައި ބުނީ އީރާނުން ވަނީ މި ހަފްތާގެ ކުރީކޮޅު އެ ސްޓްރެއިޓްގައި އިތުރު މައިންތައް ބަހައްޓާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަންދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާޙްކޮށްފި
މިނިވަން ރަން އިފްތިތާޙްކުރުމުގެ ގޮތުން މި ވުޒާރާގެ އިސްވަރު ހޯލުގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު އެވެ.
ޚަބަރު 15 Jul 2026
މަސް ގަތުމަށް ސަރުކާރުން މިހާރު މިފްކޯއަށް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ
މަސް ގަތުމަށް ސަރުކާރުން މިހާރު މިފްކޯއަށް ފައިސާއެއް ހަރަދުކުރާކަށް ނުޖެހޭނެ
ޚަބަރު 15 Jul 2026
އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ވަދެ، އެ އަމުރާ ޚިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކުން ބަންދުކޮށްފައިވާ "އުއްމީދު" ގެއަށް ވަދެ، އެ އަމުރާ ޚިލާފުވި ދެ މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ.މަރަދޫފޭދޫ / އުއްމީދީވިލާ، އަޙްމަދު ޝަރަތު )32އ( އާއި ސ.މަރަދޫފޭދޫ / ފަރިވިލާ، ޢާއިޝަތު ސަލީމް )37އ( އެވެ. މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަނަރަ ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ޚަބަރު 15 Jul 2026
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ލޭންޑްއޮފްގާރޑްން ގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ލޭންޑްއޮފްގާރޑްން ގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ތަން ބަންދުކޮށްފައިވަނީ 13 ޖުލައި 2026 އިން ފެށިގެން 11 އޮކްޓޯބަރު 2026 ގެ ނިޔަލަށް، 3 މަސްދުވަހުގެ މުއްދަތަށެވެ. މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ.
ޚަބަރު 15 Jul 2026