މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ޢީދު ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް
މިދިޔަ އަހަރު ކުރިއަށް ގެންދެވުނު ޢީދު ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އެމްއެންޑީއެފް

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި “ޢީދު ހަވީރު 1447” ކުލަގަދަކޮށް ފާހަގަކުރަނީ

މި އަހަރުގެ ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފަލުގައި، ޢާއިލާތައް އެކުވެރި މާޙައުލެއްގައި ޢީދު އުފާ ފާހަގަކުރުމަށް “ޢީދު ހަވީރު 1447” ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ބާއްވަން ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށް ކުރިއަށްގެންދާ މި ހަރަކާތުގައި، ސިފައިންނާއި ފުލުހުންގެ އިތުރުން ދައުލަތުގެ 10 ކުންފުންޏެއް ބައިވެރިވާނެއެވެ.

މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27 އިން 29 އަށް ތިން ދުވަހަށް، ސަލްޓަން ޕާކާއި ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ. މި ހަރަކާތްތަކުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ އަދި ސިފައިންގެ ޔުނިފޯމްތަކާއި ހަތިޔާރުތައް އަދި އުޅަނދުތައް ދައްކާލާނެއެވެ. އަދި އެ ތަކެއްޗާއި އެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.

މޭ 28 ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ޝޯތަކެއް ވެސް ހުށަހަޅާނެއެވެ. ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބޭނެއެވެ.

ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް މޭ 27 އިން 29 އަށް ބޭއްވޭނެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކުގައި ރެޕަލިންގ، ވޯޓަރ ސްލައިޑިންގ، ފޯމް ބާތް ޕޫލް އަދި ފަޔަރ އިކުއިޕްމަންޓްސް ދައްކާލުން ހިމެނޭނެއެވެ. އަދި ޓޭބަލް ލެޑަރއަށް އެރުން ފަދަ ތަފާތު ހަރަކާތްތަކެއް ވެސް އޮންނާނެއެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި މޭ 27 އިން 30 އަށް ހަތަރު ދުވަހަށް “ޢީދު ހަވީރު” ބޭއްވޭނެއެވެ. މިގޮތުން ކުޑަކުދިންނަށް އޮބްސްޓިކަލް ކޯސްތަކާއި ތަފާތު ކުޅިވަރުގެ ޙަރަކާތްތަކާއި ރެޕަލިންގ ކުރުމުގެ ފުރުޞަތު ލިބޭނެއެވެ.

ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ ދައުލަތުގެ ކުންފުނިތަކަކީ ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް، މިފްކޯ، އާރުޑީސީ، އެޗްޑީސީ އަދި އެފްޑީސީ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026