އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓުގެ ސަބް-ފޯރަމްތައް ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓުގެ ހަރަކާތްތައް ރަސްމީކޮށް ފެށި، އޭގެ ތެރެއިން ސަބް-ފޯރަމްތައް ބާއްވަން ފަށައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 3 އިން 5 އަށް ޗައިނާގައި ކުރިއަށްދާ މި ސަމިޓުގެ ރަސްމީ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 5 ގައެވެ. ނަމަވެސް، ރަސްމީކޮށް ސަމިޓު ހުޅުވުމުގެ ކުރިން އެކި ސަރަޙައްދުތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސަބް-ފޯރަމްތައް މިހާރު ވަނީ ފަށާފައެވެ. މި ފޯރަމްތައް ކުރިއަށްދަނީ ޗައިނާގެ ގުއާންގްޒޯ، ޓޮންގްގުއާން އަދި ޒޫހައިގައެވެ.

ގުއާންގްޒޯގައި ބޭއްވި ސަބް-ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއަރޕަރސަން އާމިނަތު ނަމްޒާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ފޯރަމްގެ ތެރެއިން ދެ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ އެއްބާރުލުން އިތުރުކުރުމަށާއި، ސަރަޙައްދީ ތަރައްޤީގެ އައު ބާރަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހެދުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މި ޕެނަލް މަޝްވަރާތަކުގައި ސަފީރު ޑރ. ފަޒީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަބް-ފޯރަމްތަކަކީ ބައިވެރިންނަށް ތަފާތު ތަޖުރިބާތަކެއް ހޯދައިދިނުމުގެ ގޮތުން، އެ ސަރަޙައްދުތަކުގެ އިޤްތިޞާދީ އަދި ޝަހަރީ ތަރައްޤީ ފެންނަ މުހިންމު ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާ ގޮތަށް އިންތިޒާމުކުރެވިފައިވާ ހަރަކާތްތަކެކެވެ.

"ބިލްޑިންގ ދަ ރޯޑް ޓު ޕްރޮސްޕަރިޓީ އޮފް ދި އޭޝިއާ-ޕެސިފިކް ކޮމިއުނިޓީ ތްރޫ މީޑިއާ ކޮންސެންސަސް އެންޑް އެކްޝަން" މި ޝިޢާރުގެ ދަށުން ބާއްވާ މި ސަމިޓަކީ ޗައިނާގެ ސެންޓްރަލް ޕްރޮޕެގެންޑާ ޑިޕާޓްމަންޓާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއާންގްޑޮންގް ޕްރޮވިންޝަލް ގަވަރމަންޓް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ.

މިއަހަރުގެ ސަމިޓުގައި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ 42 ޤައުމަކުން 220 މީޑިއާ އިދާރާއެއް ތަމްސީލުކުރާ 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ މީޑިއާ ކުންފުނިތަކާއި، މީޑިއާ ދާއިރާއަށް ޚާއްޞަ ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އދ. ގެ އެކި އިދާރާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026