ވޮޒީނިއާ
ވޮޒީނިއާ

ތިން ގަޑިއިރު ތެރޭގައި ފޮލޯވަރުންގެ އަދަދު 50 ހާހުން 2.3 މިލިއަނަށް: ކޭޕް ވާޑްގެ ގޯލްކީޕަރު ވޯލްޑް ކަޕްގެ "ވައިރަލް" ތަރިއަކަށް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ބޮޑު ސޯޝަލް މީޑިއާ "ފެނޯމިނަން" އަކަށް ކޭޕް ވާޑްގެ ތަޖުރިބާކާރު ގޯލްކީޕަރު ވޮޒީނިއާ ވެއްޖެއެވެ. ސްޕެއިނާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމާއެކު، މެޗު ނިމުނުތާ އެންމެ ތިން ގަޑިއިރުގެ ތެރޭގައި އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ވަނީ އާދަޔާ ޚިލާފު މިންވަރަކަށް އިތުރުވެފައެވެ.

މި މުބާރާތުގައި ކޭޕް ވާޑުން ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިން ހުއްޓުވައި، 0-0 އިން މެޗު އެއްވަރުކުރުމުގައި ވޮޒީނިއާ ވަނީ ބޮޑު ދައުރެއް އަދާކޮށްފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޓީމުގެ ފަރާތުން ކުރިމަތިވި ނުރައްކާތެރި ހަމަލާތައް ހުއްޓުވައި، އޭނާ ދެއްކި ހިތްވަރުގަދަ ކުޅުމާއެކު ކޭޕް ވާޑަށް ވަނީ ވޯލްޑް ކަޕްގެ ތާރީޚީ ފުރަތަމަ ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މެޗުގެ ނަތީޖާއާ އެކު ފުޓްބޯޅަ ދުނިޔެ ސިއްސުވާލިއިރު، ސޯޝަލް މީޑިއާގައި ވޮޒީނިއާއަށް ލިބުނު ތަރުހީބު އަދި މާ ބޮޑެވެ. މެޗު ފެށުނުއިރު 50،000 އެއްހާ ފޮލޯވަރުން ތިބި އޭނާގެ އިންސްޓަގްރާމް އެކައުންޓަށް، މެޗުގެ މޮޅު ވަގުތުތައް އިންޓަނެޓުގައި ފެތުރިގެން ދިޔުމާއެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ފޮލޯކުރަން ފެށިއެވެ. ރާއްޖެ ގަޑިން ރޭ ދަމުން 1:32 ހާއިރު، އޭނާގެ ފޮލޯވަރުންގެ އަދަދު ވަނީ 2.3 މިލިއަނަށް އަރާފައެވެ. މިއީ އެންމެ ތިން ގަޑިއިރުގެ ތެރޭގައި ގާތްގަނޑަކަށް 2.15 މިލިއަން ފޮލޯވަރުންގެ އިތުރުވުމެކެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ވޮޒީނިއާ ވަނީ ގަޑިއަކު 600،000 އަށް ވުރެ ގިނަ ފޮލޯވަރުން ހޯދާފައެވެ. މިއީ ކޮންމެ މިނެޓަކު 10،000 ފޮލޯވަރުން، އަދި ކޮންމެ ސިކުންތަކު ގާތްގަނޑަކަށް 170 ފޮލޯވަރުންގެ އިތުރުވުމެކެވެ. ފުޓްބޯޅައިގެ އެންމެ މަޝްހޫރު ތަރިންނަށް ވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކުރިއެރުމެއް ލިބުމަކީ ނާދިރު ކަމެކެވެ.

އެއް މިލިއަނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ކޭޕް ވާޑަށް މި ރޭ ވެގެންދާނީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ރެޔަކަށެވެ. މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ އެތައް ތަރިންނެއް ކުޅެމުންދާއިރު، އެންމެންގެ ސަމާލުކަން މިވަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށް މި ހިތްވަރުގަދަ ގޯލްކީޕަރަށް ހުއްޓިފައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026