ސަރަހައްދު ސާފުކުރުމަށްކުރި މަސައްކަތްތަކުގެ ތެރެއިން / ފޮޓޯ: ގޫގަލް
ސަރަހައްދު ސާފުކުރުމަށްކުރި މަސައްކަތްތަކުގެ ތެރެއިން / ފޮޓޯ: ގޫގަލް

ވާވު އަތޮޅުގެ ކޭވްއެއްގައި ތާށިވެ މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ މަރުގެ ސަބަބު ފިންލޭންޑްގެ ތަޖުރިބާކާރުން ހޯދައިފި

ވާވު އަތޮޅުގެ ކަނޑުއަޑީގެ ހަނި ހޮހޮޅައެއްގެ ތެރޭގައި ތާށިވެ، އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާގެ ސަބަބުތައް ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުން ދިރާސާކޮށްފިއެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި ޑައިވިންގ ހާދިސާގެ ގޮތުގައި ބެލެވެއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑައިވަރުން ހޮހޮޅައިން ބޭރަށް ނުކުުތުމަށް މަސައްކަތްކުރި ވަގުތު، އަނދިރިކަމުގެ ތެރޭގައި އުފެދުނު "ވެލީގެ ފާރެއް" ފަދަ އިލޫޝަނެއްގެ ސަބަބުން، މަގު އޮޅި ނުރަނގަޅު ދިމާލަކަށް ދެވުނީއެވެ. އެމީހުންނަށް ވަދެވުނު މަގަކީ ބޭރުވެވޭނެ ގޮތެއް ނެތް، ބެދިފައިވާ ކޮރިޑޯއެއް ކަމަށް ތަަޖުރިބާކާރުން ބުނެއެވެ.

މަރުވި ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ވާވު އަތޮޅުގެ "ޝާކް ކޭވް" ނުވަތަ "ދެކުނު ކަނޑު" ސަރަހައްދުގެ 50 މީޓަރު އަޑީގައި އޮތް ހަނި ހޮޅިއެއްގެ ތެރެއިންނެވެ.

ޑައިވިންގ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، 12 ލީޓަރުގެ އެއާ ސިލިންޑަރެއް ބޭނުންކޮށްގެން 50 މީޓަރުގެ އަޑީގައި މަޑުކޮށްލެވޭނީ ވަރަށް ކުރު ވަގުތުކޮޅަކަށެވެ. ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިލިންޑަރުގެ ވައި އަވަހަށް ހުސްވީ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ހާދިސާ ހިނގި ފުންމިނަކީ ރާއްޖޭގައި ފަތުރުވެރިންނަށް ޑައިވް ކުރުމަށް ހުއްދަދީފައިވާ 30 މީޓަރަށްވުރެ މާ ފުން ސަރަހައްދެއްކަން މީޑިއާތަކުން ފާހަގަކުރެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި މެރިން ބަޔޯލޮޖީގެ ތަޖުރިބާކާރުންނާއި ރިސާޗަރުން ހިމެނެއެވެ. އަދި ހަށިތައް ނެގުމުގެ މަސައްކަތުގައި ބައިވެރިވި އެމްއެންޑީއެފްގެ ޑައިވަރު މުހައްމަދު މަހުދީ، ޑިކޮމްޕްރެޝަން ސިކްނެސް ނުވަތަ "ބެންޑްސް" ޖެހިގެން މަރުވުމާ ގުޅިގެން، މި ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ ހައަކަށް އަރާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި، ޑައިވަރުން ބޭނުންކުރި ގޯޕްރޯ ކެމެރާގެ ފުޓޭޖުތަކާއި އެހެނިހެން އާލާތްތައް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026