ޕީއެންސީ ކޮްންގްރެސްގެ ތެރެއިން / ފޮޓޯ: ޕީއެންސީ
ޕީއެންސީ ކޮްންގްރެސްގެ ތެރެއިން / ފޮޓޯ: ޕީއެންސީ

ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލައިފި؛ އިސް މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށްފި

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ މުހިންމު މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ބޭއްވި ޤައުމީ ކޮންގްރެސްގެ ވޯޓުލުން ކާމިޔާބުކަމާއެކު ނިންމާލައި، މަޤާމުތަކަށް ހޮވުނު ބޭފުޅުން ކަށަވަރުވެއްޖެއެވެ.

މި އިންތިޚާބުގައި އެންމެ ފޯރިގަދަވި ޕީއެންސީގެ ނައިބު ރައީސްކަމުގެ 6 މަޤާމަށް 8 ބޭފުޅަކު ވާދަކުރެއްވިއިރު، އެ މަޤާމުތަކަށް އިންތިޚާބުވެވަޑައިގެންނެވީ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް ވެރިންނެވެ. އެގޮތުން ނައިބު ރައީސްކަމަށް ހޮވުނު ބޭފުޅުންނާއި ލިބުނު ވޯޓުގެ އަދަދުތަކަކީ:

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު (968 ވޯޓު)

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް (964 ވޯޓު)

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ (923 ވޯޓު)

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު (862 ވޯޓު)

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު (833 ވޯޓު)

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (780 ވޯޓު)

މި މަޤާމަށް ދެން ވާދަކުރެއްވި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުޙައްމަދު ނިމާލަށް 301 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދަށް ލިބިވަޑައިގަތީ 288 ވޯޓެވެ.

މީގެ އިތުރުން، ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް އަންހެނުންގެ ތެރެއިން 10 މެމްބަރުން ހޮވުމަށް 22 ބޭފުޅަކު ވާދަކުރެއްވިއެވެ. މި ގޮނޑިތައް ކާމިޔާބު ކުރެއްވީ މަރްޔަމް ޝިއުނާ (931 ވޯޓު)، ޝެރީނާ ޢަބްދުﷲ (885 ވޯޓު)، ފާތިމަތު މިޒުނާ (881 ވޯޓު)، މަރްޔަމް ސާމިޔާ (870 ވޯޓު)، މާއިޝަތު މުޙައްމަދު (863 ވޯޓު)، އާމިނަތު ނަމްޒާ (846 ވޯޓު)، އާސިޔަތު ރީޝާ (843 ވޯޓު)، ފާތިމަތު މުޙައްމަދު (841 ވޯޓު)، ފާތިމަތު ރުޚްޝާނާ (837 ވޯޓު) އަދި އާމިނަތު ޝުހުދާ (819 ވޯޓު) އެވެ.

ހަމައެއާއެކު، މެމްބަރުންގެ މަޖިލީހަށް ޒުވާނުން ތަމްސީލުކުރާ 7 ގޮނޑިއަށް 13 ފަރާތަކުން ވާދަކުރިއިރު، އެ ގޮނޑިތައް ކާމިޔާބު ކުރެއްވީ ސިމާން ޙާދީ (881 ވޯޓު)، އިބްރާހިމް އަދްޔާން ނިމާލް (857 ވޯޓު)، މަލްޝާ ޝަރީފު (856 ވޯޓު)، މުޙައްމަދު އިޞީލް (852 ވޯޓު)، ލުޖައިނުﷲ ޒުހައިރު (851 ވޯޓު)، އިސްމާޢީލް ރިފާޢު (850 ވޯޓު) އަދި ޙައްމާދު ރަޝީދު (843 ވޯޓު) އެވެ.

މި އިންތިޚާބުގައި ބައެއް މުހިންމު މަޤާމުތަކަށް ބޭފުޅުން ވަނީ އިންތިޚާބަކާ ނުލައި، ވާދަވެރިއަކު ނެތި ހޮވިވަޑައިގެންފައެވެ. އެގޮތުން، ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސަކަށް ފަންނާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ނައިބު ރައީސަކަށް އާމިނަތު ޙުސައިން ޝަރީފް، އަދި ސެކްރެޓަރީއަކަށް އާމިނަތު ނާޞިޙާ ވަނީ ހޮވިވަޑައިގެންފައެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް އިބްރާހިމް އަބާން އަބްދުއްލަތީފް، ނައިބު ރައީސަކަށް ޙަސަން ޝަހީދު، އަދި ސެކްރެޓަރީއަކަށް އިސްމާޢީލް ޢަޒްމީ ވަނީ ވާދައަކާ ނުލައި ހޮވިވަޑައިގެންފައެވެ.

ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި އިންތިޚާބުގެ ނަތީޖާއާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، މިއަދު މެންދުރުފަސް 14:00 ގެ ކުރިން އިންތިޚާބީ ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީއަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި އެ ޝަކުވާތަކަށް މިއަދު ހަވީރު 16:00 ގެ ފަހުން ޖަވާބުދާރީވާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި ބޭފުޅުން މަޤާމުގެ އިޤްރާރުވުން އޮންނާނީ މިރޭ ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ކޮންގްރެސް ނިމުމަށްފަހުވެސް ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެންމެހައި މެންބަރުން ގުޅިގެން، އެކުވެރި ރޫޙެއްގައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ގިނަ މެންބަރުންތަކެއް ތިބި ޒިންމާދާރު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީން އަބަދުވެސް ޤައުމީ މަޞްލަޙަތު އިސްކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026