ޕީއެންސީއަށް އޮތް ތާއީދާއި އިތުބާރު ކުރިއަށްވުރެ ވަރުގަދަވެއްޖެ: ރައީސް މުޢިއްޒު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ދިވެހިރާއްޖޭގައި ރައްޔިތުންގެ އެންމެ ބޮޑު އިތުބާރާއި ތާއީދެއް އޮތް ސިޔާސީ ޕާޓީ ކަމަށާއި، އެ ޕާޓީއަށް އޮތް ތާއީދު ކުރިއަށްވުރެ ވަރުގަދަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދާލު މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން، އެ ރަށުގައި ބޭއްވި އިޙްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޕީއެންސީ އުފެދުނުތާ ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ ކަމަށާއި، ފަހަކަށް އައިސް ބޭއްވުނު ގިނަ އިންތިޚާބުތައް އެ ޕާޓީން ކާމިޔާބު ކުރުމަކީ ރައްޔިތުންގެ މެދުގައި ޕާޓީއަށް އޮތް މަޤްބޫލުކަން ހާމަވާ ކަމެއް ކަމަށެވެ.

ޕީއެންސީގެ ސިޔާސީ ފަލްސަފާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ޕާޓީ ބިނާވެގެންވަނީ އިސްލާމްދީން ޙިމާޔަތްކުރުމާއި، ޤައުމުގެ އަމާންކަމާއި، ސަލާމަތާއި، ތަރައްޤީއަށް އިސްކަންދިނުމުގެ މައްޗަށް ކަމަށެވެ. އަދި މިއީ ސަރުކާރުގެވެސް މައިގަނޑު އަސާސްތައް ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި އަސާސްތަކުގެ ތެރެއިން ރައްޔިތުންނަށް އަމަލީ ނަތީޖާ ދެއްކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމީ ސަލާމަތާއި ސިޔާދަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ދޫކޮށްލާފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށާއި، ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ފުރިހަމައަށް ކަނޑައެޅުމަށް ކަމަށްވެސް ވިދާޅުވިއެވެ.

ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުން" ސިޔާސަތު ދިފާޢު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ބިނާވާނީ އެހެން ޤައުމެއްގެ މަޞްލަޙަތަށްވުރެ ބޮޑަށް، ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ކަމަށެވެ.

މީގެ އިތުރުން، އިސްލާމީ އަގުތައް ހިފެހެއްޓުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިސްރާއީލާއެކު މި ސަރުކާރުން އެއްވެސް ސިޔާސީ ގުޅުމެއް ނުބާއްވާނެ ކަމަށެވެ. އަދި އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމާފައިވާ ނިންމެވުމަށްވެސް އަލިއަޅުއްވާލެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުން އިސްރާއީލާއެކު ސީދާ ވައިގެ ދަތުރުތައް ފެށުމަށާއި އެ ނޫންވެސް ދާއިރާތަކުން ގުޅުން ބަދަހިކުރަން ކުރި މަސައްކަތްތަކަށް ރައީސް ފާޑުވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ ހުރިހާ ސިޔާސަތުތަކެއްގެ ބިންގަލަކީ އިސްލާމްދީން ކަމަށާއި، ޤައުމުގެ ކޮންމެ ދާއިރާއެއްގައިވެސް އިސްލާމީ އުޞޫލުތައް ނެެގެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026