ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު

އިދިކޮޅު ތިން ރައީސުންނަށް ލިބޭނީ "ޝޮކެއް": މެންބަރު ޝުޖާއު

އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ބައި-އިލެކްޝަނުގެ ނަތީޖާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަނި ހޯއްދެވި ނަތީޖާއާ ދެމެދު އޮތީ އެންމެ 62 ވޯޓުގެ ތަފާތެއް ކަމަށެވެ.

ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިންގާ ޕީއެންސީން މި ނަތީޖާ ހޯއްދެވީ ކުރީގެ އެމްޑީޕީ ސަރުކާރުން ބައި-އިލެކްޝަންތަކުގައި އަމަލުކުރި ގޮތަކަށް ނޫނެވެ. އެގޮތުން ކޮމަންޑޫ އާއި ގުރައިދޫ ދާއިރާގެ އިންތިޚާބުތަކުގައި މުޅި ދައުލަތް ލޫޓުވާލައި، ދައުލަތުގެ ވަސީލަތްތައް އޮއްސާލި ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ނަތީޖާ ޕީއެންސީން ހޯއްދެވީ އާސަންދަ އާއި އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫއަށް އަރުވައިގެނެއް ނޫން. ވަޒީފާތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން،" ޝުޖާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި ނަތީޖާއިން އެ ތިން ރައީސުންނަށް ލިބޭނެ މޮޅެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ ބޮޑު "ޝޮކެއް" ކަމަށެވެ.

އިންތިޚާބުގެ ތެރޭގައި އެކި ބޭފުޅުން އުޅުއްވި ގޮތަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޔާމީން ގޭގައި ކޯލް ސެންޓަރެއް ހައްދަވައިގެން ރައްޔިތުންނަށް ގުޅުއްވަން އިންނެވިއިރު، ރައީސް ނަޝީދާއި ރައީސް ޞާލިޙް އުޅުއްވީ ހިތަދޫގައި ދޮރުން ދޮރަށް ހިންގެވުމުގައި ކަމަށެވެ.

ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ވަގުތު ހޭދަކުރެއްވީ ޤައުމީ ބޮޑު މަސްއޫލިއްޔަތެއްގައި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ތިން ރައީސުންގެ ދައުރުގައި ނެންގެވި ބޮޑެތި ލޯނުތައް ދައްކަވައި، ޤައުމުގެ ރޭޓިންގ ރަނގަޅުކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްޕުޅުތަކުގައި ރައީސް މުޢިއްޒު އަވަދިނެތި އުޅުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައި-އިލެކްޝަނުގެ ނަތީޖާއިން ދޭހަކޮށްދެނީ ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު ކަމަށާއި، ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކުވެސް ސަރުކާރަށް ބޮޑު ތަރުހީބެއް އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރަސްދޫއިން ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު )21އ( އާއި، ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު )37އ( އާއި، ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން )30އ( އާއި، ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް )37އ( އާއި، ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު )44އ( އަދި ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް )44އ( އާއި، ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ )23އ( އާއި، ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު )29އ( ގެ އިތުރުން ބަންގްލަދޭޝް، މެހެދީ ހަސަން )27އ( އެވެ.
ޚަބަރު 18 Oct 2026
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސައިބަރ މައްސަލަތަކަށް ހައްލު ހޯދޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން: ސީޕީ
ސީޕީގެ މެސެޖުގައި ވަނީ ސައިބަރ ކުށްތައް ހުއްޓުވުމަށާއި، މިފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހޯދައި، ފުލުހުންގެ ފަންނީ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ފުޅާކުރަމުންކަން ފާހަގަކުރައްވާފައެވެ.
ޚަބަރު 18 Oct 2026
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ތެރެއިން އިންވެސްޓަރުންނަށް އަމާޒުކޮށް ކެމްޕޭން ހިންގުން ހުއްޓާލުމަށް މިނިސްޓަރ ސަޢީދު ގޮވާލައްވައިފި
ސިޔާސީ ގޮތުން ހުންނަ ޚިޔާލުތަފާތުވުންތަކަކީ، ރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ބަދަލުވެގެން ނުވާނެ ކަމަށާއި، އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ ދޮގު ކެމްޕޭނުތައް ހުއްޓާލުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ގޮވާލައްވައިފިއެވެ.
ޚަބަރު 17 Oct 2026
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސް ގުޅިގެން، "މަސްޖިދުނާ ޕްރޮޖެކްޓް"ގެ ދަށުން ދިވެހިރާއްޖޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
މި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައެވެ. ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑޮކްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެކްޒެކެޓިވް އޮފިސަރު މިސްޓަރ ޝާދީ ޤަވާސްމީއެވެ.
ޚަބަރު 15 Oct 2026