ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް
ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް

'މޯލްޑިވްސް 2.0' ތަސައްވުރާއެކު އެންމެ ދުރު ރަށަކަށް ވެސް މާލެއެކޭ އެއްފަދައިން ހިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ: ޕީޖީ އައްބާސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ މެއި މަހު ކަނޑައެޅުއްވި 'މޯލްޑިވްސް 2.0' ތަސައްވުރުގެ ދަށުން، ރާއްޖޭގެ އެންމެ ދުރު ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ވެރިރަށް މާލެއެކޭ އެއްފަދައިން ހިދުމަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އަލްއުސްތާޛު އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މިހެން ވިދާޅުވީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގައި މިހާރު ކުރިއަށްދާ އދ. ގެ 15 ވަނަ ކްރައިމް ކޮންގްރެސްގެ ހައި-ލެވެލް ސެގްމެންޓުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ އައްބާސް ވިދާޅުވީ، ދިވެހިރާއްޖޭގެ 900 ކިލޯމީޓަރުގެ ސަރަހައްދެއްގައި އޮތް 180 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ރަށްރަށުގައި ބައި މިލިއަން މީހުން ދިރިއުޅެމުންދާއިރު، ގައުމީ ޑިޖިޓަލް އައިޑެންޓިޓީއާއި ދައުލަތުގެ ބާރު ހިނގާ އިންފްރާސްޓްރަކްޗާ މެދުވެރިކޮށް އެއް ހަމައެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ވައުދު ފުއްދުމުގައި އެންމެ ފުރަތަމަ އިސްނެގި އަދުލުގެ މުއައްސަސާއަކީ ޕީޖީ އޮފީސް ކަމަށެވެ.

މީގެއިތުރުން، ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބާ ކުށްތައް ދެގުނައަށް އިތުރުވެފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރި ނަމަވެސް، މީހެއްގެ މައްޗަށް ދައުވާކުރުމުގެ ނިންމުން އަބަދުވެސް ނިންމާނީ އިންސާނުން ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އެއްވެސް އޭއައި ޓޫލެއް ބޭނުންކުރުމުގެ ކުރިން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އޭއައި ގަވަނަންސް ފްރޭމްވޯކެއް އެކުލަވާލައި އާންމުކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އުސޫލަކީ ވަރަށް ސާދާ އުސޫލެއް. މެޝިނަކަށް ޕްރޮސިކިއުޓަރަކަށް އެހީތެރިވެވިދާނެ، އެކަމަކު އިންސާނާގެ ވިސްނުމާއި ނިންމުމުގެ ބަދަލެއް ނުހިފޭނެ. އެއްވެސް އެލްގޮރިދަމަކުން ޝަރީއަތް ކުރާނެ މީހަކު ކަނޑައެއް ނާޅާނެ. އަދި އޭއައިގެ ބައިވެރިވުން ފުރިހަމައަށް ހާމަނުކޮށް އެއްވެސް ކޯޓަކަށް އެއްވެސް ހެއްކެއް ނުވަތަ ލިޔުމެއް ނުފޮނުވާނެ،" ޕީޖީ އައްބާސް ޝަރީފް ވިދާޅުވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން ޕީޖީ ވިދާޅުވީ، ރާއްޖެއިން އެކުލަވާލާފައިވާ އޭއައި ގަވަނަންސް ފްރޭމްވޯކާއި އޭގެ ތަމްރީނު މަންހަޖު، 2028 ވަނަ އަހަރުގެ ނިޔަލަށް އެހެން ގައުމުތަކަށް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދިނުމަށް ރާއްޖެއިން ވައުދުވާ ކަމަށެވެ. އަދި ސައިބާ ކުށްތަކާ ދެކޮޅަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ އިތުރުން، އދ. ގެ ސައިބާކްރައިމް ކޮންވެންޝަން ތަސްދީގުކުރުމުގެ މުހިންމު މަސައްކަތްތައް ވެސް ރާއްޖެއިން މިހާރު ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026