ފްރާންސް ބަލިކޮށް ސްޕެއިން ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފި

އ އައިމިނަތުު މުޙައްމަދު
ކުޅިވަރު 15 Jul 2026

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފްރާންސް 2-0 އިން ބަލިކޮށް، ސްޕެއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓެކްސަސްގެ އޭޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ތަރުތީބު އަދި މޮޅު ކުޅުމެކެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސްޕެއިނުން ކުރިހޯދީ 22 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މިކޭލް އޮޔަރްޒަބަލް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ކުރީކޮޅު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުންދިޔަ ސްޕެއިނުން މި ލަނޑާއެކު މެޗުގެ ކޮންޓްރޯލް އިތުރަށް ވަރުގަދަކުރިއެވެ.

މެޗުގެ ދެވަނަ ހާފުގައި، 58 ވަނަ މިނެޓުގައި ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ ޕެޑްރޯ ޕޯރޯއެވެ. މިއީ ޑެނީ އޮލްމޯއާ ގުޅިގެން އުފެއްދި ވަރަށް ރީތި ފާސްތަކަކަށްފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު ފްރާންސަށް މެޗުގެ ތެރެއަށް އެނބުރި އައުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. ފްރާންސްގެ ނުރައްކާތެރި ފޯވާޑުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އޮސްމާން ޑެމްބެލޭ ހުއްޓުވުމުގައި ސްޕެއިންގެ ޑިފެންސްލައިނުން ވަނީ ނަމޫނާ ދައްކާފައެވެ.

މިއީ މި މުބާރާތުގައި ސްޕެއިނުން ކުޅުނު ހަތް މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލި ހަވަނަ މެޗެވެ. މި ނަތީޖާއާއެކު ސްޕެއިން ވަނީ ބަލިނުވެ 37 މެޗު ހަމަކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލް މެޗުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ އިންގްލެންޑާއި އާޖެންޓީނާ ކުޅެގެން މޮޅުވާ ޓީމަކާއެވެ. މި ބައްޔާއެކު، ވިދިވިދިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް ފްރާންސް ކުރި އުންމީދު ވަނީ ފެނަށް ގޮސްފައެވެ. ފްރާންސް ދެން ޖެހޭނީ ތިންވަނަ ހޮވާ މެޗުގައި ކުޅޭށެވެ. ސްޕެއިން މިހާރު ތައްޔާރުވަމުންދަނީ އެ ގައުމުގެ ތާރީޚުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލުމަށެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުން ފަލަސްތީނުގެ މައްސަލައަށް ހައްލެއްހޯދުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދާނަކުރުމަށް ރާއްޖެއިން ގޮވާލައިފި
މި ބައްދަލުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ.ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވަޑައިންނެވި ފުރަތަމަ ފަހަރެވެ.
ޚަބަރު 28 Aug 2026
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
ރައްޔިތުންގެ އަޑު: ގިނަ ބައެއްގެ ޝަކުވާއަކީ ބޯހިޔާވަހިކަން
އެ ބައްދަލުވުމުގައި ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ، ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން މިހާރުވެސް ދިރިއުޅެމުންދަނީ ނުހަނު ދަތިހާލުގައި ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ތައާރަފުކުރި އެކިއެކި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެދި ހުށަހެޅި ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި ލިސްޓުތަކުން ނަން އުނިވެ، އެއްވެސް ސްކީމަކުން ފުރުސަތެއް ލިބިފައިނުވާކަމުގެ ޝަކުވާ ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.
ޚަބަރު 28 Aug 2026
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އައު ސްކީމްތަކެއް ފެށުމަށް ތައްޔާރުވަނީ
މިފަދަ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހިޔާވެހި ސްކީމަށް ގިނަ އަދަދެއްގެ މީހުން ހުށަހަޅާފައިވާއިރު، އެ މަޝްރޫޢުގެ ދަށުން 1.1 ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
ޚަބަރު 28 Aug 2026
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
ޤައުމީ ތަރައްޤީގެ ބިންގަލަކީ އަންހެނުން ބާރުވެރިކުރުވުން: ފަސްޓްލޭޑީ
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، އަންހެނުންނަކީ ޤައުމުގެ އިޖުތިމާޢީ ހަށިގަނޑުގެ އެއްބައި ކަމުގައި ސިފަކުރައްވައި، ޤައުމު ބިނާކުރުމުގެ ވިސްނުމާއި އެ މަސައްކަތުގައި ހުރިހާ ދަރަޖައެއްގައި، އަދި ހުރިހާ ދާއިރާއެއްގައި އަންހެނުންގެ ބައިވެރިވުން އޮންނަންވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަމަށް މަގުތައް ތަނަވަސްވެ ފުރުޞަތުތައް ފަހިވާނެ މި ފަދަ ޕްރޮގްރާމުތައް ހިންގެންވާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ޚަބަރު 27 Aug 2026