ތައިލެންޑުގެ ޝާހީ އާއިލާގެ އެންމެ ނުފޫޒުގަދަ އެއް ބޭފުޅާ، ޕްރިންސަސް ބަޖްރަކިތިޔާބާ އަވަހާރަވުން: ގައުމަށް ބޮޑު ހިތާމައެއް

ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގކޯންގެ ދޮށީ ދަރިކަނބަލުން، ޕްރިންސަސް ބަޖްރަކިތިޔާބާ އަވަހާރަވުމާ ގުޅިގެން އެ ގައުމުގައި ގައުމީ ހިތާމައިގެ ދުވަސްތަކެއް އިއުލާންކޮށްފިއެވެ. އުމުރުފުޅުން 47 އަހަރުގައި އެކަމަނާ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ހިތުގެ އާލާސްކަންފުޅެއްގައި ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހު ކޯމާއެއްގައި އޮންނެވުމަށްފަހުގައެވެ.

ތައިލެންޑުގެ ޝާހީ ގަނޑުވަރުން މިއަދު އިއުލާންކުރި ގޮތުގައި، އެކަމަނާ އަވަހާރަވުމާ ގުޅިގެން މުޅި ގައުމަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ޕްރިންސަސް ބަޖްރަކިތިޔާބާއަކީ ގާނޫނީ ދާއިރާއާއި، ޚާރިޖީ ދާއިރާގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ދެއްކެވި، ގިނަ ބައެއްގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެކަމަނާ ވަނީ އެމެރިކާގެ ކޯނެލް ޔުނިވަރސިޓީން ގާނޫނީ ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރައްވާފައެވެ. އަދި އޮސްޓްރިއާއަށް ކަނޑައަޅާފައި ހުންނަވާ ތައިލެންޑުގެ ސަފީރުގެ މަގާމު ފުރުއްވުމުގެ އިތުރުން، އދ. އާއެކު ގާނޫނީ އަދި އިޖުތިމާއީ އަދުލުއިންސާފުގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

ތައިލެންޑުގެ ގިނަ ރައްޔިތުން ދެކޭގޮތުގައި އެކަމަނާއަކީ ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން އެންމެ ގާބިލް އެއް ބޭފުޅާއެވެ. އެކަމަނާ އަވަހާރަވި ހަބަރު ލިބުމާއެކު، ގިނަ އަދަދެއްގެ ބަޔަކު ދަނީ ހޮސްޕިޓަލްތަކާއި ޝާހީ ބިނާތަކުގެ ކައިރިއަށް އެއްވެ، އެކަމަނާއަށް އިހުތިރާމް އަދާކުރަމުންނެވެ. މީގެއިތުރުން، އެ ގައުމުގެ މީޑިއާތަކުން ވެސް ވަނީ އިހުތިރާމް އަދާކުރުމުގެ ގޮތުން ވެބްސައިޓްތަކާއި ޓީވީ ޗެނަލްތައް ކަޅާއި ހުދަށް ބަދަލުކޮށްފައެވެ.

ޕްރިންސަސް ބަޖްރަކިތިޔާބާ އަވަހާރަވުމާ ގުޅިގެން، ތައިލެންޑުގެ ރަސްކަމުގެ ތަޚުތަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކާ މެދު އާންމުންގެ މެދުގައި ބަހުސްތައް ވަނީ އަލުން ފެށިފައެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ޝާހީ ގަނޑުވަރުން ރަސްމީ އެއްވެސް ބަދަލެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026