މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ދިވެހި ދައުލަތަށާއި ސިފައިންގޭގައި ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގަ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ، އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މ.މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން މަރްޙޫމްގެ ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމަށެވެ.

އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ފެބުރުވަރީ 1957 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕޯސްޓް އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއެވެ. 13 ޖުލައި 1957 ގައި އައްޑުއަތޮޅުގައި ހުންނަ ލިއެޒަން އޮފިސަރގެ އޮފީހުގެ ޕިޔޯނު ކަމުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، ވަޒީރުލް އަޢުޡަމްގެ އޮފީހުގައިވެސް ޕިޔޯނު ކަމުގެ ވަޒީފާ އަދާކުރެއްވިއެވެ.

8 އޮގަސްޓު 1959 ގައި އަޙްމަދުމަނިކު، މަޙްކަމަތުލް އަމަންޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެން.އެސް.އެސް.ގެ މީހެއްގެ ވަޒީފާއަށް ބަދަލުކުރެއްވީ، 6 ޖުލައި 1976 ގައެވެ.

އަޙްމަދުމަނިކަކީ، އޭރު ސިފައިންގެއިން ހިންގި ބޮޑެތި އޮޕަރޭޝަންތަކުގައި، މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ހިތްވަރުގަދަ، އިޚުލާޞްތެރި ބޭފުޅެކެވެ. ރާއްޖޭގެ ސަރަޙައްދަށް ގަވާއިދާ ޚިލާފަށް ވަންނަ ބޯޓުފަހަރު، ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށްޓަކައި ފޮނުއްވި ސިފައިންގެ ތެރޭގައި ހިމެނިވަޑައިގެން، އަޙްމަދުމަނިކު އިސް ދައުރެއް އަދާކުރެއްވިއެވެ.

އެން.އެސް.އެސް.ގެ 4 ނަންބަރު ސަރުދާރުކަމުން އަޙްމަދުމަނިކު ދެން ބަދަލުކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސަރުދާރު ކަމުގެ ވަޒީފާއަށެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ އެސިސްޓެންޓް ކިއުރޭޓަރ ކަމުގެ ވަޒީފާއަށް އަޙްމަދުމަނިކު ބަދަލުކުރެއްވީ، 18 ޖުލައި 1982 ގައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ކިއުރޭޓަރުގެ މަގާމާއި، ދާރުލްއާސާރުގެ އެސިސްޓެންޓް ކިއުރޭޓަރ ކަމުގެ މަގާމުވެސް އަޙްމަދުމަނިކު ފުރުއްވިއެވެ.

20 އޮކްޓޫބަރު 1997 ގައި ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސިސްޓެންޓް ސައިޓް މެނޭޖަރު ކަމުގެ މަގާމަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ސައިޓް މެނޭޖަރު ކަމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ އެސިސްޓެންޓް ސައިޓް މެނޭޖަރުކަން އަދާކުރެއްވިއެވެ. 29 އޮގަސްޓު 2006 ގައި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ ސައިޓް މެނޭޖަރު ކަމުގެ މަގާމަށް އަޙްމަދުމަނިކު ބަދަލުކުރެއްވިއެވެ.

ޖާދޫ އަޙްމަދުމަނިކު ފާހަގަކުރެވިފައި ވަނީ، ވަޒީފާ އަދާކުރެއްވުމުގައި ކަމަށްކަމޭހިއްތަވައި، ގަޑިއަށް ފަރުވާތެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކު ވަޒީފާ އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ސަރުކާރަށް ވަފާތެރި، ވެރިންގެ އަމުރުތަކާއި އިރުޝާދުތަކަށް ކުޑަވެސް ފަސްޖެހިވަޑައިގަތުމެއްނެތި ކިޔަމަންތެރިވެވަޑައިގަންނަވާ، ނަމޫނާ މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.

46 އަހަރާއި 10 މަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމަށްފަހު، އަޙްމަދުމަނިކު ރިޓަޔަރ ކުރެއްވީ، 1 މޭ 2008 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
ދިވެހިރާއްޖޭގައި ފަހިވަމުން އަންނަ ވިޔަފާރީގެ ފުރުޞަތުތަކުގެ ބޭނުންހިފައި، ދިގުމުއްދަތުގެ ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމުގެ ދަޢުވަތު، ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި
އަޚުވަންތަކަމާއި އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާވެފައިވާ 60 އަހަރުގެ ޚާރިޖީ ގުޅުން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެޤައުމުގެ މެދުގައި އޮތް ޚާރިޖީ އިތުބާރާއި ސިޔާސީ ގުޅުން ބަދަހިކަމާއެކު ދެމިއޮތް ނަމަވެސް، އިޤްތިޞާދީ ގުޅުން އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަދަހިވެގެންނުދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު، 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަޢުދުވެވަޑައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚަބަރު 23 Oct 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައްޔިތުންގެ މިދަތުރުފުޅު ވެގެންގޮސްފައިވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާވެސް ގުޅިފައިވާ ދަތުރުފުޅަކަށެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް، ދެ ޤައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ހަރުދަނާކުރުމަށް މަގުފަހިވެގެންދިޔައެވެ.
ޚަބަރު 23 Oct 2026
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އަމާޒުގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި ހާސިލުވެއްޖެ
މި މަޝްރޫޢާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާތަނަށް ޖުމްލަ 2،463،339 )ދެ މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ތިން ހާސް ތިންސަތޭކަ އޮނަތިރީސް( ގަސް ވަނީ އިންދާފައެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 5 މިލިއަން ގަހުގެ ނިސްބަތުން ބަލާއިރު 49.3 އިންސައްތައެވެ.
ޚަބަރު 23 Oct 2026
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދުން ރައީސް ޑރ. މުޢިއްޒަށް ޝަރަފުވެރި ޑޮކްޓަރޭޓް އެރުވުން
މި ޝަރަފު ރައީސް ޑރ. މުޢިއްޒަށް އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ޤައުމުގެ ވެރިން މީޑިއާއަށް ބަޔާން ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފެވެ.
ޚަބަރު 21 Oct 2026