ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށްފި

ހ ހަޅަ
ޚަބަރު 08 Oct 2026

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީ.އޭ.އޭ.2' އިން ސީ.އޭ.އޭ.1' އަށް މަތިކޮށް، ރޭޓިންގގެ އައުޓްލުކް ސްޓޭބަލް' އަށް
ބަދަލުކޮށްފައިވާކަން މޫޑީސް އިން އިއުލާނުކޮށްފިއެވެ.

މޫޑީސް އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ރޭޓިންގއަށް މި ގެނައި ކުރިއެރުމަކީ، ކުރުމުއްދަތުގައި
ޑިފޯލްޓް ހިރާސްތައް ބޮޑުތަނުން ކުޑަވެފައިވާކަމަށް މޫޑީސްއަށް ގަބޫލުކުރެވޭތީ ގެނައި ބަދަލެކެވެ. މީގެ ތެރޭގައި 2026 ވަނަ އަހަރުގެ
އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކް ކާމިޔާބުކަމާއެކު އަނބުރާ ދެއްކުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް
ފެސިލިޓީ ރިޒާވް ބޭންކް އޮފް އިންޑިއާއަށް އަދާކުރުމާއި، 2026 ވަނަ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ސްޓޭޓް ބޭންކް އޮފް
އިންޑިއާއިން އިންވެސްޓުކޮށްފައިވާ ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލްތަކަށް ފައިސާ ދައްކާ ހަލާސްކުރުމުގެ އިތުރުން، އެޕްރީލް
2026 އަށް މެޗުއަރވާން އޮތް 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑު 2031 ވަނަ އަހަރާ ހަމައަށް ފަސްކުރުން ހިމެނެއެވެ. މީގެ
އިތުރުން، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު
(އެސް.ޑީ.އެފް) އަށް ޖަމާކުރާ ފައިސާގެ މިންވަރު އިތުރުވުމާއި، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ބައިލެޓަރަލް ފަރާތްތައް މެދުވެރިކޮށް
ލިބޭ އެއްބާރުލުން މެދުނުކެނޑި ލިބެމުންދިއުން ވެސް މި ރޭޓިންގ މަތިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ހަމައެޔާއެކު، ސަރުކާރުން
މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތަކުގެ ހަރުދަނާކަން މޫޑީސްއިން އާއްމުކުރި ރިޕޯޓުގައި
ފާހަގަކޮށްފައިވެއެވެ.

މެދުރާސްތާގައި ދައްކަންހުރި ބޭރު ފައިސާގެ ދަރަނި ދަށްވުމާއި، އެކި ގައުމުތަކާއި މާލީ އިދާރާތަކުގެ އެހީތެރިކަން ސަރުކާރަށް ލިބުމަކީ
ކުރުމުއްދަތުގައި ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން ރައްކާތެރިވެ، ރިޒާވް އިތުރަށް ވަރުގަދަކުރުމަށް ލިބޭ ބާރެއްކަމަށް މޫޑީސްގެ
ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިގޮތުން، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު، އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ސަރުކާރުން ވަނީ މިއަހަރުގެ ތެރޭގައި ހޯދާފައެވެ. އަދި ލުއި
ގޮތްތަކެއްގެ މަތިން މާލީ އެހީތެރިކަން ހޯދުމަށް ބައިނަލްއަޤްވާމީ އެޖެންސީތަކާއި ބައިލެޓަރަލް ފަރާތްތަކާއެކު ސަރުކާރުން ދަނީ މަސައްކަތް
ކުރަމުންނެވެ. ހަމައެޔާއެކު، އައު ފައިނޭންސިންގ ހޯދުމުގައި ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްވެސް
ސަރުކާރުން މުހިންމު އަހަންމިއްޔަތުކަމެއް ދެއެވެ.

މި އަހަރު ދަރަނި އަނބުރާ ދެއްކުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ
ނިސްބަތުން (ޖީ.ޑީ.ޕީ) 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6
އިންސައްތައަށް ދަށްވެފައެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ނިޔަލަށް ޖީ.ޑީ.ޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި ޖުމުލަ މިންވަރަށްވުރެ
ދަށް މިންވަރެކެވެ. މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ދައުލަތުން ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާސިލުވަމުންދާކަމުގެ
ހެއްކެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހަކަތައިގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު އިގުތިސާދަށް ކޮށްފާނެކަމަށް
ގަބޫލުކުރެވުނު ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ވިލުންތެރިކަމާއި، ރިޒާވް ވަރުގަދަކުރުމަށް އެކުލަވައިލާފައިވާ ސިޔާސަތުތައް ފުރިހަމައަށް
ތަންފީޒުކޮށް، ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކުން ރައްޔިތުންގެ އަސާސީ ކަންކަމަށް ދަތި ނުވާނޭގޮތަށް، ފާސްކުރި
ބަޖެޓުގެ ތެރެއިން އިގުތިސާދީ ހަރަކާތްތައް ބާރުވެރިކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ.

މެދު ރާސްތާގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ ހިފަހައްޓައި، ދައުލަތުގެ މާލިއްޔާ ދެމެހެއްޓެނިވި
ގޮތެއްގައި ކުރިޔަށް ގެންދިއުމެވެ. އަދި ދުނިޔޭގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުންދާއިރު، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން
އަވަސްކުރުމާއި، ވިޔަފާރީގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުން މި އަމާޒުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އިތުރު ލިއުން
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
"ސަރުކާރުގެ ޚިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116ވަނަ މާއްދާގެ )ހ(އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް މިއަދު އުފައްދަވައި، އެ އިދާރާތަކަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަންތަނުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ޚަބަރު 08 Oct 2026
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ހަރުދަނާ ޝަޚުސިއްޔަތަކަށް ވާނީ އެމީހަކަށް ލިބިފައިވާ ޢިލްމާއި ހުނަރުތަކަކުން އެކަންޏެއް ނޫން: ވަޒީރު ހީނާ ވަލީދު
ވަޒީރު މިހެން ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން، އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ކުރިއަށްދާ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޚަބަރު 08 Oct 2026
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
ރާއްޖޭގެ ދެވަނަ ބައިއީނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓް އެކުލަވާލުމަށްޓަކައި ޓެކްނިކަލް ވޯކިންގ ގްރޫޕުގެ ބައްދަލުވުމެއް ބާއްވައިފި
މި ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާއި ޒިންމާތައް ފުރިހަމަކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ޕެރިސް އެގްރީމަންޓްގެ ދަށުން އެކުލަވާލަންޖެހޭ މި ރިޕޯޓަކީ، ވިހަ ގޭސްތައް ބޭރުކުރާ މިންވަރު ދަށްކުރުމަށާއި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ތައްޔާރުކުރާ ރިޕޯޓެކެވެ.
ޚަބަރު 08 Oct 2026
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބީއެމްއެލްގެ އެހީތެރިކަމާއެކު ނަރސަސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "ބޭންކް ފަންޑު" ގެ މާލީ އެހީތެރިކަމާއެކު، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން (އެމްއެންއޭ) އިން ހުޅުމާލެ ފޭސް 2 ގައި ކުރިއަށްގެންދިޔަ "ޒައިތޫން" ނަފްސާނީ ދުޅަހެޔޮކަމުގެ ރީހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޚަބަރު 07 Oct 2026